
| 6 ޑިސެންބަރު 2018 | ބުރާސްފަތި 15:40 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ރައީސް އޮފީހުގެ މިނިސްޓަރ ކަމުގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ.
ސަމީރަށް މަޤާމުގެ ފަތްކޮޅު ދެއްވާފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސަމީރަކީ ރިޔާސީ އިންތިޚާބުގެ ކެންޕެއިން ގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ.
ސަމީރަކީ ރައީސް އޮފީހުގެ މިނިސްޓަރ ކަމަށް އައްޔަން ކުރެއްވި 4 ވަަނަ ބޭފުޅާއެވެ. ރައީސް އޮފީހުގައި 4 މިނިސްޓަރުން މިވަގުތު ތިއްބެވި އިރު، މިނިސްޓަރ ފެންވަރުގައި އިތުރު 2 ބޭފުޅުން ތިއްބަވައެވެ. ސަމީރަކީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށް ބުރާސްފަތި ދުވަހު 9 ބޭފުޅަކު އައްޔަން ކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރކަމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ؛
މި ބޭފުޅުންނަށް ވެސް މަޤާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައި ވަނީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
2 މަސް ކުރިން
މިދާ ގޮތް ރަނގަޅެއް ނޫން... ކޮންމެހެން ޕާރޓީގެ އިސްމީހާ ބޫޓުގެ ނާޑުވާ އައްސާ މީހާއަށް ސްޓޭޓް މިނިސްޓަރުކަން ދޭކަށް ނުޖެހޭ... ރުއް އުފުރިމީހާއަށް ވެސް...ކަޑައޭ ތީތި
2 މަސް ކުރިން
ސަމީރަށް ދޭންވީ މިނިސްޓަރ ކަމެއްނޫން ސަމީރައްދޭންވީ ބޮޑުވަޒީރުކަން މި އޮއްސަރުކާރެއްތާ ދޯ ކުފޫހަމަނުވާ އެޔތައް ބަޔަކަށް ވަޒީރުކަމާ ސްތޭތް މިނިސްތަރުކަމާ ނައިބުކަން ބަހާ ނަގަނީ ދެން ސަރުކާރުގެ ހިންގުން ކިހާ ރަނގަޅުވާނެތާ ދޯ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކަށް ސަފީރުކަންވެސްދެއްވަނީ ދެން ކީކޭ ބުނާނީ ލަދުން ބޯ ހަލާކު