16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޗެލްސީ ބަލިވިއިރު، ޓޮޓެންހަމް އިން ފުރުސަތުގެ ބޭނުން ހިފައިފި

  • ޗެލްސީގެ މައްޗަށް ވޮލްވްސް ކުރިހޯދީ 1-2 ގެ ނަތީޖާއަކުން
  • ސައުތްހެމްޓަންގެ މައްޗަށް ޓޮޓެންހަމް ކުރިހޯދީ 1-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 6 ޑިސެންބަރު 2018 | ބުރާސްފަތި 09:14 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ޗެލްސީ ބަލިވިއިރު، އޭގެ ފައިދާ ނަގާ ޓޮޓެންހަމް ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ޖެހިލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ ބަލިވީ ވޮލްވްސްއާ ބައްދަލުކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ވޮލްވްސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ޗެލްސީންނެވެ. އެގޮތުން އެޓީމުން ދިޔައީ ވޮލްވްސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޗެލްސީންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޮފްޓަސް ޗީކްއެވެ. އޭނާ އަންނަނީ މި ސީޒަނުގައި ޗެލްސީ އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި ލަނޑަށްފަހުވެސް ޗެލްސީއަށް ލީޑު ފުޅާކުރަންވެސް ފުރުސަތުތަކެއް ލިބުނެވެ. އަދި މި ހާފްގައި ވޮލްވްސް އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވޮލްވްސްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން ވޮލްވްސް އިން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން 59 ވަނަ މިނެޓުގައި ޖިމިނޭޒް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ލަނޑަށްފަހުވެސް ވޮލްވްސް އިން ދިޔައީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 63 ވަނަ މިނެޓުގައި ޑިއޮގޯ ޖޮޓާ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ.

ޗެލްސީ އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އޮލިވާ ޖިރޫ އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 15 މެޗުން ލިބުނު 31 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން މޮޅުވި ވޮލްވްސް ވަނީ ކުޅުނު 15 މެޗުން 19 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ 12 ވަނަ އަށް ޖެހިލާފައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ސައުތްހެމްޓަންއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކްރިސްޓިއަން އެރިކްސަންގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ޓޮޓެންހަމްއެވެ. އެގޮތުން އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފްގައި ސައުތްހެމްޓަން އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ ކޭންގެ ލަނޑުން ސައުތްހެމްޓަންގެ މައްޗަށް 0-1  ގެ ނަތިޖާއިން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކަސް މޯރާއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ހެރީ ކޭންގެ އެހީތެރިކަމާއެކު ސޮން ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގައި ސައުތްހެމްޓަން އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ އޮސްޓިންއެވެ. މި ލަނޑުގެ އިތުރުންވެސް އެޓީމަށް ލަނޑު ޖެހުމަށް ފުރުސަތަކެއް ލިބެނެއެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ކުޅުނު 15 މެޗުން 33 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ސައުތްހެމްޓަން އޮތީ ކުޅުނު 15 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް