10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14

ވާރޭވެހި މާލޭގައި ފެންބޮޑުވުން

މިއީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ތަރައްގީ ގެނައިމަ ޖެހޭ ހާލު: މިނިސްޓަރު މާރިޔާ

  • ރަނގަޅަށް ޕްލޭންނުކޮށް ތަރައްގީ ގެނެސްފައިވާ ކަމަށް ވިދާޅުވި
  • ފެން ހިންދުމުގައި ދަތިތައް ދިމާވި ސަބަބު ވިދާޅުވެ ދެއްވި
  • ރެކޯޑު އަދަދަކަށް މާލެއަށް ވާރޭވެހުނު
ޙުސައިން ޙަސަން | hucenhassan

| 6 ޑިސެންބަރު 2018 | ބުރާސްފަތި 03:24 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  7. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  8. އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަޝްވަރާ ކުރަނީ


މާލެއަށް ކުރި ވިއްސާރައިގެ ހާލަތު މިނިސްޓަރު މާރިޔާ، ރައީސް ސޯލިހަށް ތަފްސީލުކޮށްދެއްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މާލޭގައި ފެންބޮޑުވެ، ގެތަކަށް ގެއްލުންވީ ނިމިދިޔަ ސަރުކާރުން "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ތަރައްގީ ގެނައުމުގެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނެޝަނަލް ޑީޒާސްޓަރ މެނޭޖުމަންޓް ސެންޓަރ (އެންޑީއެމްސީ)އަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ބުދަ ދުވަހު ކުރިއަށް ދިޔަ ގޮތް ބައްލަވާލެއްވުމަށްފަހު "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ ގެނައުމުން ދިމާވާ ދަތިތައް ކަމަށެވެ.

ބޮޑުތަކުރުފާނު މަގު، ރިންގު ރޯޑު ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މާލޭގެ ބޭރު މަގު ހަދާފައި ވަނީ އުސްކޮށް ކަމަށާއި ވާރޭ ވެހެން ފެށުމުން ފެން ޖަމާވަމުން ދަނީ ރަށު ތެރެއަށް ކަމަށެވެ. ބޯކޮށް ވާރޭ ވެހެން ފެށުމުން މެކޭނިކަލް ޕަންޕު ބޭނުންކޮށްގެން ވެސް ފެން ހިންދުމުގައި ދަތިތަކެއް ކުރިމަތިވީ އެކަމުގެ ސަބަބުން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

"މިކަންތައް އެންމެ ބޮޑުވާ ގޮތަކީ އެ ހައްދަވާފައި ހުރިއިރު، އެތާގައި ހުރީ މެކޭނިކަލް ޕަންޕު ލައްވާފައި. އެކޮޅު އުސް [މާލޭގެ ބޭރު މަގު]. އެހެންވީމަ ހުރިހާ ފެނެއް ރަށު ތެރެއަށް މި ހިފަނީ. އެ ވާހަކަ އެމްއެންޑީއެފާއި ނެެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުގެ ބޭފުޅުން ވެސް ކުރިން ވެސް ހިއްސާ ކުރައްވައިފި. މިއަދު ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ. ހަދަންޖެހޭ ގޮތަށް ނޫން ގޮތަށް ހެދުނީމަ ދެން އެ ދިމާވާ ދަތިތައް މި ފެނިގެން ދަނީ. މިއީ ވަރަށް ހިތާމަ ހުރި ކަމެއް،" ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ ޕްލޭނިންގެ މައްސަލައެއް. އަމާ ބުނާތީ ފަރަށް ދާހެން ތަރައްގީ ގެނައީމަ މިއަދު ރައްޔިތުންނަށް ޖެހިފައި އޮތް ހާލު."

މާލޭގައި ފެންބޮޑުވުމުން، ލިބުނު ގެއްލުންތައް މިނިސްޓަރު މާރިޔާ ބައްލަވާލައްވަނީ-- ފޮޓޯ/ ޓްވިޓާ

ބުދަ ދުވަހު މެންދުރުން ފެށިގެން މެދުކެނޑުމެއް ނެތި ފަސް ގަޑިއިރު ވަންދެން މާލެށް ކުރި ވިއްސާރައިގައި ރެކޯޑު އަދަދަކަށް މާލެަށް ވަނީ ވާރޭ ވެހިފައެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް އިން ލަފާކުރާ ގޮތުގައި ބުދަ ދުވަހު މާލެއަށް 223.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ. އެއީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.

ވިއްސާރައިގައި މާލޭގެ 160 ގެެއަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ދިރިނޫޅެވޭ ވަރަށް ގެތަކަށް ފެންވަނުމުގެ ސަބަބުން ދެ ގެއަކުން ވަނީ މީހުން ހުސްކޮށްފައެވެ. އަދި ބައެއް ފިހާރަތަކަށާއި ގުދަންތަކަށާއި ކެފޭތަކަށް ވެސް ފެންވަދެ، އަގުބޮޑެތި މުދާތަކަށް ވަނީ ގެއްލުންވެފައެވެ.

އެންޑީއެމްސީ އިން ބުނީ މާލެއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނީ ދެ އާއިލާއެއް ކަމަށާއި ހާލުގައި ޖެހުނު 20 މީހުންނަށް ގެސްޓުހައުސްއަކުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ ކެއިންބުއިމާއި އެހެނިހެން ހަރަދުތައް ވެސް އެ ސެންޓަރުން ހަމަޖައްސައި ދީފައިވާނެ ކަމަށް އެންޑީއެމްސީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް