16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހޯރަ އިއްބެ

ހޯރަ އިއްބެއަކީ ކުޑަކުދިންނާ ބެހޭ މީހެއް ނޫން: އަންހެނުން

  • އަންހެނުންނަކީ އޭނާ ބުހުނު ކަމަށް ބުނާ ކުޑަ ކުއްޖާ
  • އިއްބެ ހައްޔަރު ކުރީ ކައިވެންޏަށް ތައްޔާރުވެފައި ތިއްބާ: އަންހެނުން
އަލީ ސަމާޚް | AliSamah8

| 5 ޑިސެންބަރު 2018 | ބުދަ 22:50 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ހޯރަ އިއްބެ ހައްޔަރު ކޮށްގެން ގެންދަނީ -- ޓްވިޓަރ

ކުޑަކުއްޖަކާ ބެހުނު ކަމުގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލާފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އަކީ ކުޑަކުދިންނާ ބެހޭ މީހެއް ނޫން ކަމަށް އޭނާ ބެހުނު ކަމަށް ބުނާ ކުއްޖާ، މިހާރުގެ އަންހެނުން ޒުއްރިއްޔާ އަބްދުއް ޝުކޫރު ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު, ހޯރަ އިއްބެއަށް މާފު ދެއްވަން ނިންމުމާ ގުޅިގެން މީޑިއާ ތަކުގައި ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން އިއްބެގެ އަންހެނުން ޒުރިއްޔާ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިއްބެއަކީ އެއްވެސް އިރެއްގައި ކުޑަކުދިންނާ ބެހި އުޅޭ މީހެއް ނޫން ކަމަށާއި އެކަހަލަ އެއްވެސް ރިކޯޑެއް އޮތް މީހެއް ނޫން ކަމަށެވެ.

އޭނާގެ އަންހެނުން ބުނީ އިއްބެއާ މެދު އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ސިޔާސީ ޕޯޑިއަމްތަކުން އިއްބެ ފެނުނު ހިސާބުން ކަމަށެވެ. އިއްބެ އަށް އެންމެ ފުރަތަމަ ގުޅީވެސް އޭނާ ކަމަށް އިއްބެ އަންހެނުން ވަނީ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި 2012 ވަނަ އަހަރު މާލެ އައީ އިއްބެ އާއި ކައިވެނި ކުރަން ކަމަށް ވެސް ޒުއްރިއްޔާ ބުންޏެވެ.

ހޯރަ އިއްބެ ހައްޔަރު ކުރުމާ ބެހޭ ގޮތުން ޒުއްރިއްޔާ ބުނީ އޭނާ އިއްބެ އާއި ބައްދަލު ކުރަން އިއްބެ ދިރިއުޅޭ ގޭގައި ތިއްބާ ފުލުހުން އެ މީހުން ތިބި ތަނަށް ގޮސް ހައްޔަރު ކުރީ ކަމަށެވެ. އަދި އިއްބެ ހައްޔަރު ކުރުމަކީ ސިޔާސީ ގޮތުން އޭގެ ފަހަތުގައި ބަޔަކު ތިބެގެން ކުރުވިކަމެއް ކަމަށް އިއްބެގެ އަންހެނުން ވަނީ ތުހުމަތުކޮށްފައިއެވެ.

މީލާދީ ގޮތުން 18 އަހަރު ނުފުރެނީސް އޭނާ އާއި އިއްބެއާ ދެ މީހުން ކައިވެނި ކޮށްދިނީ ވެސް ފެމެލީ ކޯޓުން ކަމަށް ޒުއްރިއްޔާ ވަނީ ބުނެފައެވެ.

އިއްބެ އަށް ހުކުމްކުރިއިރު އޭނާ އިނީ އިއްބެގެ ދަރިއަކަށް ބަލިވެ ކަމަށާއި އޭނާގެ ބަނޑަށް 07 މަސްވެފައިވާ ކަމަށް އިއްބެގެ އަންހެނުން ވަނީ ބުނެފައިއެވެ.

އިއްބެ ޖަލަށްލުމާއި ގުޅިގެން ގިނަ ކަންތަކެއް  ތަހައްމަލު ކުރަން ޖެހުނުކަން ފާހަގަކޮށް ޒުއްރިއްޔާ ބުނީ އޭނާ ވިހެއީވެސް އެކަނިވެރި ހާލުގައި ކަމަށާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރަމުން ގޮވަމުންދާއިރު އިއްބެގެ ދަރިފުޅު ވޭތުކުރަމުންދިޔަ ހިތްދަތި ދުވަސްތަކުގައި އޭނައާއި މެދު ހަމްދަރުދީވާނެ އެއްވެސް ފަރާތެއް ނެތް ކަމަށެވެ.

އިއްބެ ހައްޔަރު ކުރުމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް ޔާމީން ކަމަށާއި 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އިއްބެ މިނިވަންކުރަން ނިންމަވާ ރައީސް އޮފީހަށް ތަންފީޒުކުރުމަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެކަން ހުއްޓުވީ އިއްބެ އާއި މެދު އޮންނަ ސިޔާސީ ހަސަދައެއްގެ ސަބަބުން ކަމަށް އިއްބެގެ އަންހެނުން ނެރުނު ބަޔާނުގައިވެއެވެ. އަދި އެކަމަށް ވާގިވެރިވީ ވަނީ އާޒިމާ ޝުކޫރު ކަމަށް ޒުރިއްޔާ ވަނީ ތުހުމަތު ކޮށްފައިއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިއްބެ ދޫކުރުމާ ދެކޮޅަށް ހަދައިގެން އުޅޭ ޕެޓިޝަނަކީ އިންސާނީ ކަރާމަތަށް ރަހުމެއް ހަމްދަރުދީ ނެތް އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާ ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ.

ކަން ހިނގާ ދިޔަ ގޮތް ބަޔާން ކޮށްދިނުމަށްފަހު އިއްބެގެ އަންހެނުން ވަނީ އިއްބެއަށް ހަމްދަރުދީވެ ކުރެވިފައިވާ ތުހުމަތުން ސަލާމަތްކޮށް ދިނުމަށް އާދޭހާއެކު އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލީ

2 މަސް ކުރިން

މޯރަލް އޮފް ދަ ސްޓޯރީ: ކަމެއް ވާއިރަށް އެކަން ސިޔާސީ ކުރާށެވެ. އޭރުން ހުރިހާ ކަމެއް ހައްލުވެދާނެއެވެ

0
0
އަލީ

2 މަސް ކުރިން

ސިޔާސީ ދައުވާއަކީ މެޖިކް ވޯޑެއް ދެއްތޯ؟ 18ވެގެން ކައިވެނި ކުރާށޭ ބުނި އިރު ކައިވެނި ކުރެވެނީ ހިޖުރީ ކަލަންޑަރު ބަލައިގެންތަ؟ އެވެސް ހިލޭ ފިރިހެނެއްގެ ކޮޓަރީގަ؟ އޭނަ ޖަލުގަ އޮއްވާ އިނދެގެން ދަރިއަކު ހޯދީމަ ވެސް އެހެންމީހުން ދޯ ހަމްދަރުދަރުދީ ވާން މެޖެހެނީ ވެސް؟

0
0
މުހައްމާ

2 މަސް ކުރިން

ހޮޅިވާހަކަ ނުދައްކާ ދެމީހުން ޖަލުގޮޅީގައި މަޑުކޮށްލަ ދެއްވުން އެދެން. ކަލޭމެން އެންމެންނަށް ވަނީ ސިޔާސީ ކުށް ފޮސްކަލޯމެން ވަނީ ބޮޑެތި މުޖުރިމުންނަށް. ޖަލަށް ލުމުން ކަލޭމެންނަށް ނުޖެހޭ ބައްޔެއް ނުހުރޭ ބޭރުންނޫނީ ބޭސްފަރުވާ ނުކުރެވޭ. ސޮރީ ހިޖުރީ 18، ފޮސްކަލޯމެން ހިޖުރަނޯޅޭ އަދި ގުނަނީ މީލާދީ އަކުރުން

0
0
އަލީ

2 މަސް ކުރިން

އިސްލާމްދީނަށާ ﷲ ކިބަޔަށް އޮޅުވާލަންތަ ތިޔަ ނުކުތީ . ކައިވެނި ނުކޮށް ހިލޭދެމީހުން އޮރިޔާންހާލުގާ ކޮޓަރިއެއްގެތެރޭން ނެރުނީމަ ގެންދާންޖެހޭ ހިސާބަށް ގެންދިއުމަކީ ގާނޫނުތަންފީޒު ކުރަންތިބޭ ބައަކަށް ލާޒިމްކަމެއް

0
0
ބިކުރާނުލައި

2 މަސް ކުރިން

އެހެން ވީމާ ހޯރަ އިއްބެއާ ކުޑަކުއްޖަކު ބެހިފަތާ ތި އޮތީ

0
0