16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޖަމާލް ޙަޝޯގްޖީ

ޙާޝޯގްޖީގެ ގަތުލުގައި ވަލީއަހުދުގެ އަތެއް ވާކަން ޔަގީން: އެމެރިކާގެ ސެނެޓަރުން

  • ޖަމާލް ޚަޝޯގްޖީގެ އަނިޔާވެރި މަރާއި ގުޅިގެން ސައުދީ އަރަބިއްޔާގެ 17 ރައްޔިތަކާ ދެކޮޅަށް އެމެރިކާއިން ވަނީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ
  • ސެނެޓުން ވަނީ ޔަމަނުގައި ސައުދީއަށް ވާގިވެރިވުން ހުއްޓާލުމަށް ބިލެއް ފާސް ކުރުމުގެ މަސައްކަތް ފައްޓާފައި
އަމަން ހަލީމް | soupized

| 5 ޑިސެންބަރު 2018 | ބުދަ 17:53 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ނޫސްވެރިޔާ ޖަމާލް ޙާޝޯގްޖީ -- ގެޓީ އިމޭޖާސް

ސައުދީ ނޫސްވެރިޔާ ޖަމާލް ޙާޝޯގްޖީ މަރާލުމުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބައިވެރިވުމެއް ވާކަން ޔަގީންވެއްޖެ ކަމަށް އެމެރިކާގެ ސެނެޓަރުން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ) ގެ ޑިރެކްޓަރ ޖީނާ ހެސްޕެލްއާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު ޑިމޮކްރެޓިކް ސެނެޓަރު ބޮބް މެންޑޭޒް ވިދާޅުވެފައި ވަނީ ކުރިން އޭނާ މި މައްސަލައާއި ދޭތެރޭ ދެކެމުން އައި ގޮތަށް އިތުރު ބުރަދަނެއް ލިބިގެން ދިޔަ ކަމަށެވެ. ރިޕަބްލިކަން ސެނެޓަރު ލިންޑްސޭ ގްރަހަމް ވެސް ވިދާޅުވީ މިކަމުގައި ސަލްމާންގެ އަތެއް ވާކަން ގަބޫލުނުކުރާނީ އަމިއްލަ އިހްތިޔާރުގައި "ކަނު ވެގެން" އުޅޭ މީހަކު ކަމަށެވެ.

ރިޕަބްލިކަން ސެނެޓަރު ބޮބް ކޯކާރ ވިދާޅުވީ މިހާރުވެސް ކޯޓެއްގައި މައްސަލަ ބަލައިފިއްޔާމުން ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ކުށް ސާބިތުވާނެކަން އެއީ ޔަގީންކަމެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުދީ އަރަބިޔާއާއި ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެމެރިކާއަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސެނެޓުގައި އުޅޭ ރިޕަބްލިކަނުންނާއި ޑިމޮކްރަޓިކް މެމްބަރުން ވެސް ދަނީ ސައުދީއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އަދި މިކަން ކުރުމުގެ ގޮތުން ސެނެޓުން ވަނީ ޔަމަނުގައި ސައުދީއަށް ވާގިވެރިވުން ހުއްޓާލުމަށް ބިލެއް ފާސް ކުރުމުގެ މަސައްކަތް ވެސް ފައްޓާފައެވެ.

ޖަމާލް ޚަޝޯގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓް ތެރޭގައިއެވެ. އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި އަމަލުގައި ވަލީއަހުދުގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް