16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފެހިފެހި އާޒާދީ

ސައުތް އޭޝިއަން ޔޫތް ސަމިޓްގައި ވެސް ފެހިފެހި އާޒާދީ

  • މި ސަމިޓްގައި އެލަވަ ކިޔާފައި ވަނީ ސްރީލަންކާގެ ކޮޔާ ގްރޫޕަކުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ޑިސެންބަރު 2018 | ބުދަ 12:13 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ސައުތް އޭޝިއަން ޔޫތް ސަމިޓްގެ ބައިވެރިން -- އާކައިވް

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގައި ދިވެހި ގައުމީ ލަވަ "ފެހިފެހި އާޒާދީ" ކިޔައިފި އެވެ.

ސްރީލަންކާގައި ބޭއްވި މި ސަމިޓްގައި އެލަވަ ކިޔާފައި ވަނީ ސްރީލަންކާގެ ކޮޔާ ގްރޫޕަކުންނެވެ.

މި ލަވަ އެ ސަމިޓްގައި ކިޔާފައިވަނީ ސިންހަޅަ ލިރިކްސްއަކާއި މިކްސް ކޮށްގެންނެވެ. "ފެހިފެހި އާޒާދީ" މި ލަވަ އަކީ އަލްމަރުހޫމް ހޯރަފުށީ އާދަމް ސަލީމް ހައްދަވާފައި ޅެމެކެވެ.

މިލަވައިގެ ވީޑިއޯ ހަދާފައިވަނީ އާމިރު ސަލީމް އެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ހުވާ ކުރެއްވި ދުވަހަށް ރާއްޖެ ޓީވީން ވަނީ މިލަވައިގެ ރީމެކިން ތައްޔާރު ކޮށްފައެވެ. މި ރީމެކިންއަށް ބެލުންތެރިންގެ ފަރާތުން ވަނީ ބޮޑު ތަރުހީމެއް ލިބިފައެވެ.

ސައުތް އޭޝިއަން ޔޫތް ސަމިޓްގައި މި ލަވަ ހުށަހަޅާފައިވަނީ ދިވެހި ގިނަ ލަވަތަކެއް އަޑު އެހުމަށް ފަހު އެންމެ ކަމުދާ ލަވައަކަށް އެލަވަ ވުމުން ކަމަށް އެ ލަވަ ހުށަހަޅައިދިން ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ލަވަ ކިޔަމުން ދިޔަ އިރު އެ ސަމިޓްގައި ތިބި ދިވެހިން ވަނީ ވަރަށް ފޯރިއާއި އެކު ލަވަ ތަރުހީބު ދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް