10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14

ރައްޔިތުންގެ މަޖިލިސް 2018

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްޤުތައް ހޯދައިދިނުމަށް މަޖިލިސް މެމްބަރުން ގޮވާލައިފި

  • ދިވެހި މުވައްޒަފުންނަށް އެކަށީގެންވާ އިނާޔަތްތަކާއި މުސާރަ ނުލިބޭ
  • ވަޒީފާއިން ވަކިކުރުމުގެ ކަންކަން ދަނީ އެއްވެސް ހަމަހަމަކަމެއް ނެތި
ލައިޝާ އަހްމަދު | LailaAhmeds

| 5 ޑިސެންބަރު 2018 | ބުދަ 11:06 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  7. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  8. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި


ރައްޔިތުންގެ މަޖިލިސް ޖަލްސާގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ހައްޤުތައް ހޯދައިދިނުމަށް ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ގިނަ މެމްބަރުންތަކެއް ގޮވާލައިފިއެވެ.

ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނައުމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށައަޅުއްވާފައިވާ ބިލުގެ ބަހުސްގައި ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގިނަ މެމްބަރުންތަކެއް ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް އެކަށީގެންވާ އިނާޔަތްތަކާއި މުސާރަ ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެންނަން ޖެހޭނީ ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންގެ ހިޔާލާއި އެޓާރނީ ޖެނެރަލްގެ ލަފަޔާއެކު ކަމަށާއި، މުވައްޒަފުންނަށް ސާރވިސް ޗާރޖް ނުދޭ މައްސަލައާއި، ތަފާތުކުރުން ގެންގުޅުން ފަދަ އެތައް މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

"ސާރވިސް ޗާރޖް ނުދޭ، ނުލިބޭ އެތައް ރިސޯޓްތަކެއް އެބަ ހުރި. މި އިންޑަސްޓްރީގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އެބަ ތިބި. ސާރވިސް ޗާރޖު ވެސް ރިސޯޓު ތަކުގެ ވެރިން ނަގާފައި އެމީހުންނަށް ، މުވައްޒަފުންނަށް ނުދީގެން ބައިވަރު ޝަކުވާތަކެއް އަޅުގަނޑު މެންނާ ހަމައަށްވެސް ތަކުރާރުކޮށް އެބަ އާދޭ" ރޮޒެއިނާ ވިދާޅުވިއެވެ. 

މީގެ އިތުރުން މި ބިލަށް ބަހުސް ކުރައްވަމުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްބާރީ އަބްދުﷲ ވެސް ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްޤުތައް ހޯދައި ދިނުމަށް ގޮވާލާފައެވެ. އެގޮތުން ބާރީ ވިދާޅުވީ ދިވެހިންނަށް ވަޒީފާ ދިނުމުގައި ވަކި އިންސައްތައެއް އޮންނަން ޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ވަޒީފާ ދިނުމުގައި ޤާނޫނުތަކާއި ޚިލާފުވާކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ކަންކަން ވެސް ދަނީ އެއްވެސް ހަމަހަމަކަމެއް ނެތިކަމަށެވެ.

"މިހާރު އަޅުގަނޑުމެން ޓޫރިޒަމް ޤާނޫނާ ބެހޭ ގޮތުން ވާހަކަ ދައްކާއިރުގަ އަޅުގަނޑު އަނެއްކާވެސް ފާހަގަކޮށްލަން ބޭނުން މި ވަޒީފާގެ މައްސަލަތައް. ޓޫރިޒަމްގެ ޤާނޫނުގެ ދަށުން ރަށްތައް ދޫކުރެވޭ އިރުގަ، އެގްރީމަންޓް ކުރެވޭ އިރުގަ އެބަ އޮވޭ ދިވެހިންނަށް ވަޒީފާ ދިނުމާ ބެހޭ ގޮތުން ހަމަ ކަނޑައެޅިގެން ވަރަށް ސާފުކޮށް ލިޔެފަ ކިތައް ޕަސެންޓެއްގެ ދިވެހިންނަށް ވަޒީފާ ދޭން ޖެހޭނޭ. އެހެން ނަމަވެސް ހަގީގަތަކީ މިއަދުވެސް މި އެގްރީމަންޓް ކޮށްގެން ދެވިފައިވާ ރަށްތަކުގައިވެސް މަސައްކަތް ކުރަނީ ގިނައިން ބިދޭސީންކަން" ބާރީ ވިދާޅުވިއެވެ. 

ރިސޯޓުގެ ވިޔަފާރިން ވެރިންނަށް މިލިއަނުން ފައިދާވާއިރު، އެތާނގައި އުޅޭ ދިވެހި މުވައްޒަފުންނަށް އެކަށީގެންވާ އިނާޔަތްތަކެއް ހޯދަން ޖެހޭނެ ކަމަށް ވިދާޅުވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުވެސް ވަނީ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ މިއީ ހަމައެކަނި ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ނުދެކުމަށާއި، ތައުލީމީ ޤާބިލު ކުދިން މި ދާއިރާއަށް ނެރެވޭނީ އެކަށީގެންވާ މުސާރަ ލިބިގެން ކަމަށެވެ.

ރިސޯޓު ތަކުގައި މަސައްކަތްކުރާ މުއައްޒަފުންނަށް މުސާރަ ދިނުން ލަސްވާތީ ރިސޯޓުތަކުގެ މެނޭޖްމަންޓަށް ޝަކުވާ ހުށައެޅުމާއި، ސާރވިސް ޗާރޖްއާއެކު މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެ މުވައްޒަފުންގެ އައިލާތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާ މައްސަލަތައް މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް