16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޔެލޯ ވެސްޓް މުޒާހަރާ

މުޒާހަރާތަކާ ގުޅިގެން ފަރަންސޭސްވިލާތުން ޑީސަލް ޓެކްސް ނެގުން މަޑުޖައްސާލައިފި

  • ޓެކްސް ނެގުން މަޑު ޖައްސާލީ ހަ މަސް ދުވަހުގެ މުއްދަތަކަށް
އަމަން ހަލީމް | soupized

| 5 ޑިސެންބަރު 2018 | ބުދަ 10:41 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން -- އޭޕީ

ފަރަންސޭސްވިލާތުގައި ކުރިޔަށް ގެންދިޔަ ޔެލޯ ވެސްޓް މުޒާހަރާތަކާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ޑީސަލްއިން ނަގަން ނިންމާފައިވާ ޓެކްސް ނެގުން ހަ މަސް ދުވަހުގެ މުއްދަތަކަށް މަޑުޖައްސާލައިފިއެވެ.

ފަރަންސޭސްވިލާތުގެ ބޮޑު ވަޒީރު އެޑުއަރޑް ފިލީޕޭ ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން މިހާރު މުޒާހަރާގެ ބައިވެރިން ބޭނުންވާ ކަންކަން ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އުއްމީދު ކުރާ ކަމަށެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު ފެށުނު މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރާއި އާންމުންގެ މުދާތަކަށް ގެއްލުން ދީފައިވެއެވެ.

ގައުމާ މުޙާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފިލީޕޭ ވިދާޅުވަފައިވަނީ ގައުމުގެ އެއްބައިވަންތަކަން ގެއްލުވާލާ ވަރުގެ ޓެކްސްއެއް ނެގުން އެއީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމުގައެވެ. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލިބޭ އާމްދަނީއަކުން ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތް މަގުފަހިވުން ކަމުގައި ވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

މިއީ ފަރަންސޭސްވިލާތުގެ ރައީސްކަމަށް އެމަނުއެލް މެކްރޮން ވަޑައިގެންނެވި ފަހުން އެބޭފުޅާގެ މުހިންމު ސިޔާސަތެއް ދޫކޮށްލަން ނިންމެވި ފުރަތަމަ ފަހަރެވެ.

މުޒާހަރާގެ އިސް ފަރާތެއް ކަމުގައިވާ ބެންޖަމިން ޗޯސީ ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް ހަމައެކަނި މިވަރުން ފުއްދާ ނުލާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ލީޑަރު މަރީ ލެ ޕެން ވަނީ މިކަން މިހެން ނިންމުން މާ ލަސްވެއްޖެކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔެލޯ ވެސްޓްގެ ނަމުން މަޝްހޫރުވި މުޒާހަރާތަކާއި ގުޅިގެން ހައްޔަރުކުރި 412 މީހުންގެ ތެރެއިން 363 މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް އެ ގައުމުގެ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މުޒާހަރާތައް ފެށިފައި ވަނީ ފްރާންސްގައި ޑީސަލްގެ އަގު މަތި ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން މުޒާހަރާގެ ބައިވެރިން ވަނީ ދިރިއުޅުމުގެ އަގުތައް އުފުލެމުން ދިޔުމާއި ގުޅިގެން ރައީސް މެކްރޯންގެ ގިނަ ސިޔާސަތުތަކާއި ދެކޮޅަށް ވެސް ނުރުހުންފާޅު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް