10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

  • ޢުޤޫބާތު ބެހެވިގެންވަނީ ދެބަޔަކަށެވެ. އެއީ ޙައްދުތަކާއި، ތަޢުޒީރުތަކެވެ.
  • ޙައްދުތަކުގެ އަދަބުތަކުގެ ތެރެއިން އެއްވެސް އަދަބެއް ލުއިކުރުން، ނުވަތަ މަޢާފުކުރުން، ނުވަތަ އެހެން އަދަބަކަށް ބަދަލު ކުރުމީ، އެއްވެސް މީހަކަށް އިޚްތިޔާރު ލިބިގެން ވާ ކަމެއްނޫނެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 5 ޑިސެންބަރު 2018 | ބުދަ 09:40 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  7. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  8. އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަޝްވަރާ ކުރަނީ


ކުރީގެ ސަރުކާރުގެ ވެރިން: ޙާކިމަކަށް ވެސް، ފަނޑިޔާރަކަށް ވެސް، އަދި އެނޫން މީހަކަށް ވެސް ޙައްދު ޤާއިމު ނު ކުރުމުގެ އިޚްތިޔާރު ލިބިގެނެއް ނުވެއެވެ. -- ފޮޓޯ: ރާއްޖެ އެމްވީ

إسلامى شريعة އަކީ الله سبحانه وتعالى އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާ محمد صلى الله عليه وسلم މެދުވެރި ކުރައްވައި، ފޮނުއްވި ނިޡާމެކެވެ. ދުނިޔޭގައިވާ ތަކެތީގެ ތެރެއިން ގިނަތަކެތީގެ މައްޗަށް އެ އިންސާނާ މަތިވެރި ކުރެއްވިއެވެ. އެއީ الله سبحانه وتعالى އަށް އަޅުކަން ކުރުމަށާއި، ދުނިޔެ އާއި، އާޚިރަތް ބާއްޖަވެރި ކޮށް ތަޢުމީރު ކުރުމަށެވެ. އެކަން އެ އިންސާނާއަށް ފުރިހަމަ ކުރެވޭނީ އަށް އަޅުކަން ކުރުމަށްފަހު، އާޚިރަތާއި ދުނިޔެ ބާއްޖަވެރި ކުރުމަށްޓަކައި އަމަން އަމާން މާޙައުލަކާއި، ވެށްޓެއް އޮވެގެންނެވެ. އަދި އެކަކު އަނެކެއްގެ މަޞްލަޙަތާއި، ޖާނާއި، މާލު ރައްކާތެރި ކުރެވިގެންނެވެ. އަދި މީހުންގެ ކިބައި ގައި ބިރުވެރިކަމާއި، ހާސްކަން ނެތުމުންނެވެ. މިކަންތައް އިންސާނާއަށް ޙާޞިލް ކުރެވޭނީ 5 ކަމެއް ރައްކާތެރި ކުރެވިގެން ކަމުގައި އިސްލާމް ދީނުގައި ކަނޑަ އަޅުއްވާފައި ވެއެވެ. އެއީ އެ އިންސާނާގެ ޢަޤީދާ ނުވަތަ ދީނާއި، ނަފްސާއި، ނަސްލާއި، މުދަލާއި، ބުއްދިއާ އެވެ. މިކަންތައް ރައްކާތެރި ކުރެވޭނީ އެކަންތައްތަކަށް އަރައިގަންނަ ބަޔަކަށް ޙައްޤު އަދަބު ދެވިގެންނެވެ. މިފަދަ އަދަބުތަކަށް ޢުޤޫބާތޭ ކިޔެއެވެ.

ޢުޤޫބާތު ބެހެވިގެންވަނީ ދެބަޔަކަށެވެ. އެއީ ޙައްދުތަކާއި، ތަޢުޒީރުތަކެވެ. ޙައްދާއި ބެހޭގޮތުން ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި الله تعالى ވަޙީ ކުރައްވަނީ: تِلْكَ حُدُودُ اللَّـهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ މާނައީ: އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! (އެބަހީ: އެ އިންތައް ފަހަނަޅައި ނުދާށެވެ!) ޙައްދުތަކަކީ، ޝަރްޢުގައި ވަކި ކަހަލަ ކުށްތަކަކަށް ކަނޑަ އަޅުއްވާފައި ވާ އަދަބުތަކެކެވެ. މިއަދަބުތައް ކަނޑަ އަޅުއްވާފައި ވަނީ، الله سبحانه وتعالى ގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައެވެ. އެބަހީ، މުޅިޤައުމާއި އިންސާނުންގެ މަޞްލަޙަތު ރައްކާތެރި ކުރުމަށްޓަކައެވެ. ޢުޤޫބަތުގެ ބާވަތްތަކުގެ ތެރެއިން، އައްތަޢްޛީރު އަކަށް ޙައްދެކޭ ނުކިޔޭނެއެވެ. ސަބަބަކީ އޭގެ މިންވަރު ކަނޑައެޅިފައި ނުވާތީއެވެ. އަދި ޤިޞާޞްގެ މިންވަރު ކަނޑައެޅިފައިވިޔަސް އެއަކަށް ޙައްދެކޭ ނުކިޔޭނެއެވެ. އެއީ، އެކަމަކީ އަޅުތަކުންގެ ޙައްޤެއް ކަމަށްވާތީއެވެ. އޭގައި މަޢާފު ކުރުމާއި ޞުލްޙަވުންވެސް ހިމެނިފައިވާތީއެވެ.

މިކަން މިހެން ހަމަޖެހިފައި އޮތުމުގެ ސަބަބުން، ޙައްދުތަކުގެ އަދަބުތަކުގެ ތެރެއިން އެއްވެސް އަދަބެއް ލުއިކުރުން، ނުވަތަ މަޢާފުކުރުން، ނުވަތަ އެހެން އަދަބަކަށް ބަދަލު ކުރުމީ، އެއްވެސް މީހަކަށް އިޚްތިޔާރު ލިބިގެން ވާ ކަމެއްނޫނެވެ. ޙާކިމަކަށް ވެސް، ފަނޑިޔާރަކަށް ވެސް، އަދި އެނޫން މީހަކަށް ވެސް އެ އިޚްތިޔާރު ލިބިގެނެއް ނުވެއެވެ. އަދި ޙައްދެއްގައި ޝަފާޢަތްތެރި ވުމީ ވެސް ހުއްދަ ކަމެއް ނޫނެވެ. މިކަމުގެ ދަލީލަކަށް ޢިލްމުވެރިން ނަންގަވަނީ އަންނަނިވި ޙަދީޘެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَتَشْفَعُ فِى حَدًّ مِنْ حُدُودِ اللهِ؟ ثُمَّ قَامَ فَاخْتَطَبَ فَقَالَ: يَاأَيُّهَا النَّاسُ إِنَّمَا أَهْلَكَ الَّذِيْنَ مِنْ قَبْلِكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ، وَإِذَا سَرَقَ فِيهِمُ الضَّعِيْفُ أَقَامُوا عَلَيْهِ الْحَدَّ، وَايْمُ اللَّهِ لَوْأَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا، ثُمَّ أَمَرَبِهَا فَقُطِعَتْ يَدُهَا (متفق عليه) މާނައީ: "ކަލޭގެފާނު (އެބަހީ: އުސާމާ) الله ކަނޑަ އަޅުއްވާފައިވާ ޙައްދު ތަކުގެ ތެރެއިން ޙައްދެއްގައި ޝަފާޢަތްތެރިވެ ވަޑައި ގަންނަވަނީ ތޯއެވެ؟ ދެން އިތުރު އެކަލޭގެފާނު ތެދުވެ ވަޑައިގެން ޚުޠުބާ އެއް ދެއްވިއެވެ. ދެން ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ މީސްތަކުންނޭވޭ! ތިޔަބައި މީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުން ހަލާކު ކުރެއްވީ، އެއުރެންގެ ތެރެއިން މާތް މީހަކު ވައްކަމެއް ކޮށްފި ނަމަ އަތްނުކަނޑައި ދޫކޮށްލަނީ އެވެ. އަދި އެއުރެންގެ ތެރެއިން ދެރަނިކަމެތި މީހަކު ވައްކަމެއް ކޮށްފި ނަމަ، ޙައްދު ޤާއިމުކޮށް އޭނާގެ އަތް ކަނޑަނީ އެވެ. މާތް الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަ ކަށަވަރުން، މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް  ކުރެއްވި ނަމަވެސް، ތިމަން ކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާ ނަމެވެ. ދެން އެއަންހެނާގެ އަތްކެނޑުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. އަދި އެއަންހެނާގެ އަތްކެނޑުނެވެ."

މިހެން ކަމުން ޙައްދު ޤާއިމު ކުރުމުގައި ދޭދޭ މީހުން ތަފާތެއް ނުކުރެވޭނެއެވެ. އެހެނީ ފަރުދުންގެ މުދަލާއި ފުރާނައާއި ފިކުރާއި ދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ ޖަމާޢަތުގެ ވާޖިބެކެވެ. ޞުލްޙަ މަސަލަސްކަން ގެއްލޭ ޙާލަތްތަކުގައި ޢަދްލު އިންޞާފުގެ ނިޡާމުން އެބައި މީހުން ހަމަ މަގަށް ގެނައުމުގައި حدّ އާއި، تعّذير އަކީ ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ކަމެކެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް