16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މެކްސިކޯގެ އައު ރައީސް

ގެއްލިފައިވާ ދަރިވަރުން ހޯދުމަށް ޓްރޫތް ކޮމިޝަނެއް އުފެއްދެވުމަށް މެކްސިކޯގެ ރައީސް ނިންމަވައިފި

  • އެމްނެސްޓީން ވަނީ މިކަމަށް މަރުހަބާ ކިޔާފައި
އަލީ ސަމާޚް | AliSamah8

| 5 ޑިސެންބަރު 2018 | ބުދަ 07:34 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


މެކްސިކޯގެ އައު ރައީސް ހުވާކުރުމުގެ ރަސްމީއްޔާތުގެ ތެރެއއިން -- އޭޕީ

ގެއްލިފައިވާ ދަރިވަރުންގެ މައްސަލަ ބަލަން ޓުރޫތް ކޮމިޝަނެއް އެކުލަވައިލަން މެކްސިކޯގެ ރައީސް އަންދްރެސް މަނުއެލް ލޮޕޭޒް އޮބްރާދޯ ސޮއިކުރައްވައިފިއެވެ.

މެކްސިކޯގައި އަލަށް އިންތިހާބު ވެވެޑައިގަތް ރައީސް އަންްދްރިއަސް ޓްރޫތް ކޮމިޝަނެއް އެކުލަވާލާން ނިންމާފައިވަނީ އެ މަނިކުފާނު ވެރިކަމަށް ހަވާލުވެވަޑައިގެން އޮފީހަށް ނިކުންނެވި ފުރަތަމަ ދުވަހު އެވެ. ޓްރޫތް ކޮމިޝަނެއް އެކުލަވައިލަން ނިންމާފައިވަނީ 2014 ވަނަ އަހަރު މެކްސިކޯގެ އިގުއަލާ އަވަށުން ގެއްލުނު 43 ދަރިވަރުންގެ މައްސަލަ ބަލާ ތަހްގީގު ކުރުމަށްޓަކައެވެ.

އަލަށް އުފައްދަން ހަމަޖެހިފައިވާ ކޮމިޝަންގައި ހިމެނޭނީ ގެއްލުނު 43 ދަރިވަރުންގެ އާއިލާގެ މެމްބަރުންނާއި އެ މީހުންގެ ވަކީލުންނާއި މިނިސްޓަރުންނެވެ. މީގެ އިތުރުން ސްޕެޝަލިންސްޓުންނާއި އިންވެސްޓިގޭޓަރުން ހިމެނޭނެ ކަމަށް  ރައީސް އަންދްރެސްއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. 

އިންސާނީ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ  މި ނިންމުމަށް މަރުހަބާ ކިޔާފައިއެވެ. 

އަޔޮޓްޒިނާޕާގެ ކޮލެޖްގައި 2014 ވަނަ އަހަރު ސެޕްޓެމްބަރު މަހު ކިޔަވަމުންދިޔަ ދަރިވަރުންތަކެއް މުޒާހަރާއެއްގައި ބައިވެރިވާން އިގުއަލާ ކިޔާ ހިސާބުގަޑެއްގައި ތިއްބާ ފުލުހުން އެ ދަރިވަރުންނަށް ހުރަސްއަޅާ ތިން ދަރިވަރަކު މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބާކީ ތިބި ދަރިވަރުން ވަނީ ދެ ބަހެއްގައި އެތަނުން ގޮސްފައެވެ. އެ ދެބަސް ފުލުހުން ފަހުން ހުއްޓުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ދަރިވަރުންގެ ތެރެއިން އެއް ބަހުގައި ތިބި ކުދިން ފުލުހުން ފޮނުވާލާފައި ވާއިރު، ބަހުގައި ބާކީ ތިބި 43 ދަރިވަރުން މިއަދާ ހަމައަށް ވީނުވިއެއް ނޭގި ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެކްސިކޯގެ ނެޝަނަލް ރަޖިސްޓްރީ އިން ރިޕޯޓް ކުރާގޮތުގައި އޭޕްރީލް 2018 ހަމައަށް 36،265 މީހުން ވަނީ ގެއްލިފައިވެއެވެ. 

މެކްސިކޯގެ ރައީސް ކަމަށް އަންދްރެސް އެގައުމުގެ 58 ވަނަ ރައީސް ކަމުގެ ހުވާކޮށްފައިވަނީ ޑިސެމްބަރު  މަހުގެ އެއްވަނަ ދުވަހުއެވެ. އަންދަރެސް ވަނީ މެކްސިކޯގެ ރައީސްކަމަށް މީގެ ކުރިންދެ ފަހަރެއްގެ މަތިން ކުރިމަތިލާ ނާކަމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިއެވެ.   

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް