16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މިނިސްޓްރީ އޮފް ޔޫތް

''ހަފްތާ ރެސް'' މާކެޓް ކޮންމެ ހަފްތާ ބަންދެއްގައި ބާއްވާނެ: މިނިސްޓަރު މަހުލޫފު

 • ޒުވާނުން މުޖުތަމައުއަށް ނެރުމަށް ވަރަށް ގިނަ މަސައްކަތް ކުރަން
 • މިމާކެޓް ކުރިއަށްދާނީ ހުކުރު، ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް
 • މިމާކެޓްގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތައް ކުރިއަށް ދާނެ
އަމްނާ އިމާދު | @amnabinthimad

| 5 ޑިސެންބަރު 2018 | ބުދަ 02:36 | |

މަގުބޫލް

 1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
 5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
 6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
 7. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 8. ރައީސްގެ ނިންމެވުމަށް ތައުރީފު


ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފު ވާހަކަފުޅު ދައްކަވަނީ -- ރާއްޖެއެމްވީ

ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތުގެ ދަށުން "ހަފްތާ ރެސް" މާކެޓް ކޮންމެ ހަފްތާ ބަންދެއްގައި ބާއްވާނެ ކަމަށް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ޒުވާނުން ބާރުވެރި ކުރުވައި މުޖުތަމައުއަށް ނެރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރާ ކަމަށާއި، ވިޔަފާރީގެ ދާއިރާއަށް ވެސް ގިނަ ޒުވާނުން ނެރެން ބޭނުންވާ ކަމަށެވެ.

އެގޮތުން ހަފްތާ ރެސްގެ ނަމުގައި ކޮންމެ ހަފްތާއެއްގެ ހުކުރު، ހޮނިހިރު ދުވަހު މާކެޓް ބާއްވާނެ ކަމަށާއި، ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް މާކެޓުން ވިޔަފާރި ކުރެވޭނެ ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމާކެޓްގެ ސްޓޯލްތައް ދޫކުރުމުގައި ބޮޑަށް އިސްކަންދެވޭނީ ޒުވާނުންނަށް ކަމަށެވެ.

މުނިފޫހިފިލުވުމުގެ އެތަކެއް ހަރަކާތަކާއެކު ކުރިއަށްދާ ހަފްތާ ރެސްގައި މަޝްހޫރު ލަވަކިޔުންތެރި ޝޯވތައް ބާއްވާނެ ކަމަށާއި، ލަވަކިޔުމުގެ ދާއިރާއަށް މުޅިން އަލަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް މި މާކެޓްގެ ތެރެއިން ފުރުސަތު ލިބޭނެ ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

"މިކަން ކުރާއިރު އަޅުގަނޑުމެން ފުރުސަތުދެނީ ބޮޑަށް ދެނީ ޒުވާނުންނަށް . ދެން އަލަށް ވިޔަފާރީގެ ތެރެއަށް ވަންނުމަށް ހިތްވަރުދިނުން ބޭނުމަކީ. ވީކެންޑްގަ މާލޭގެ ކޮންމެ ވެސް އެއްދިމާލެއްގައި މިކަން ކުރިއަށް ދާނީ. ގިނަ ބަޔަކު އެއްދިމާލަކަށް އެއްވެލައިގެން މިޔުޒިކް ބަލާލައި ހިތްހަމަ ޖައްސާލެވޭނެ. އަގު ހެޔޮކޮށް އެއްޗެހި ގަނެވޭނެ" މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

ހަފްތާ ރެސް ހިންގުމުގައި ޒުވާނުންގެ ކޮމެޓީއަކުން މިހާރު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގިނަ ސްޓޯލްތައް ބަހައްޓައި، ގިނަ ބަޔަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

މީގެ އިތުރަށް މިނިސްޓަރު މަހުލޫފު ވިދާޅުވީ ވަރަށް އަވަހަށް ހަފްތާ ރެސް މާކެޓް ފަށާނެ ކަމަށާއި، ކުރާ އިއުލާނުގައި ތަފްސީލުތައް ހިމަނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް