10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14

ރަައީސް ނަޝީދު

ރައީސް ސޯލިޙްގެ ސަރުކާރު ވައްޓައެއް ނުލެވޭނެ: ނަޝީދު

  • އެބޭފުޅުން ތިއްބެވީ ދުރަށް ޖެހޭކަށް ނޫން ކަމަށާއި އަދި ދޫކުރާކަށް ވެސް ނޫން ކަމަށް
  • ރައީސް އިންތިޚާބުވެފައި އެވަނީ އިއްތިޙާދެއްގައި ކަމަށާއި އެއިއްތިހާދު ދަމަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ޑިސެންބަރު 2018 | އަންގާރަ 22:36 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  7. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  8. އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަޝްވަރާ ކުރަނީ


ކުރީގެ ރައީސް މުހައްމދު ނަޝީދު -- އޭޕީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރު ވައްޓައި ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެބޭފުޅުން ނުކުމެވަޑައިގެން ތިއްބެވީ އެހެން ގައުމިއްޔަތެއް ބިނާކުރުމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކަރު ވެއްޓޭ ގޮތް އެ ބޭފުޅާ އަށް އެނގިވަޑައިގަންނަވާ ކަމަށާއި ރައީސް ސޯލިޙްގެ ސަރުކާރު ވައްޓައި ނުލެވޭނެ ކަމަށެވެ.

"އަޅުގަޑަށް އިނގޭ ސަރުކާރު ވެއްޓޭގޮތް، ދުށިން. ދެކިއްޖިޔައިން. އަޅުގަނޑަށް އިނގޭ އޭގެ ހިތި އޭގެ އަސަރު ވެސް. މުއުމިނުން ގަޔަކަށް އެއްހަރަކުން ދެ ފަހަރަށް ކައްޓެއް ނު ޖެހޭނެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރެއް ވައްޓަ އެއް ނުލެވޭނެ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުން ތިއްބެވީ ދުރަށް ޖެހޭކަށް ނޫން ކަމަށާއި އަދި ދޫކުރާކަށް ވެސް ނޫން ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިންތިޚާބުވެފައި އެވަނީ އިއްތިޙާދެއްގައި ކަމަށާއި އެއިއްތިހާދު ދަމަހައްޓަން ޖެހޭނެ ކަމަށެވެ.

މި ރާއްޖޭގެ ރައްޔިތުން އެދިއެދި ގޮވަނީ މި ދިވެހިރާއްޖެ އެމީހުނަށް އަލުން އަނބުރާ ލިބުމަށް ކަމަށާއި އެމީހުންގެ ފަރާތުން ވަކާލާތުކުރާ މެމްބަރުންނަށް ރާއްޖެ އަނބުރާ ލިބުމަށް ކަމަށް ނަޝީދު ވިދާޅުވއެވެ.

އެބޭފުޅުން ނުކުމެ އެ ތިއްބެވީ މި ދިވެހި ރާއްޖެ ބިނާ ކުރުމުގެ މަސައްކަތުގައި ކަމަށާއި މަޖިލީސް އިންތިޚާބުގައި ދެއްވާ ވޯޓަކީ ހަމަޖެހުމަށް ދެއްވާ ވޯޓެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގުޅިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ނަޒާހާތްތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މައްޗަންގޮޅި މެދުދާއިރާގެ ރައްޔިތުންނަށް ކިބައިން ރައީސް ނަޝީދުވަނީ އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް