22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ބޮލީވުޑް

ޕްރިޔަންކާ އާއި ނިކްގެ އޮފިޝަލް ވެޑިން ފޮޓޯ ދައްކާލައިފި

  • މި ދެމެފިރިންގެ ފޮޓޯ ވަނީ ޕީޕަލް މެގަޒިންގެ ބޭރުގަނޑަށް އަރުވާފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ޑިސެންބަރު 2018 | އަންގާރަ 18:26 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް -- ހިންދުސްތާނީ ޓައިމްސް

ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރުމީހާ ނިކް ޖޯނަސް ގެ ކައިވެނީގެ ފޮޓޯތައް ދައްކާލއިފިއެވެ.

މި ދެމެފިރިންގެ ފޮޓޯ ވަނީ ޕީޕަލް މެގަޒިން އާއި އެ މެގަޒިންގެ ބޭރުގަނޑަށް ވެސް އަރުވާފައެވެ.

ޕްރިޔަންކާ 36، އަދި ނިކް 26 ވަނީ ކްރިސްޓިއަން އަދި ހިންދޫ ވެޑިންއެއް ބާއްވަފައެވެ.

ކްރިސްޓިއަން ވެޑިންގައި ޕްރިޔަންކާ ފެނިގެން ދަނީ ހުދު ކުލައިގެ ވެޑިން ޑްރެސް އެއްގައެވެ. ނިކް ފެނިގެން ދަނީ ކަޅުކުލައިގެ ސޫޓެކެވެ. 

މިދެމަފިރިންގެ ކައިވެނީގެ ހެދުން ފަރުމާ ކޮށްފައިވަނީ ރަލްފް ލައުރެން އެވެ. އަދި އެމީހުންގެ ބަރައިޑްސްމެއިޑްސް އާއި ގްރޫމްސްމެން ގެ ހެދުންތައް ވެސް ފަރުމާކޮށްފައިވަނީ ހަމަ ރަލްފް ލޯރެން އެވެ.

ހިންދޫ ވެޑިންގައި ޕްރިޔަންކާ ފެނިގެންދަނީ ރަތް ކުލައިގެ ލެހެނގާ (ދިގު ސްކާޓާއި ޓޮޕް) އެއްގައެވެ. އަދި ނިކް ފެނިގެން ދަނީ ގޯލްޑް ކުލައިގެ ޝެރްވާނީ އެއްގައެވެ.

"ކޮންމެ އަންހެން ކުއްޖަކުވެސް ކައިވެނި ކުރާ ދުވަހު ޕްރިންސެސް އަކަށް ވުމުގެ ހުވަފެން ދެކޭނެ. ނަމަވެސް އަހަރެން އެދުވަހު ހުންނާނެ ގޮތެއް ކުރިން ވިސްނާފައެއް ނެތް." ޕީޕަލް މެގަޒިން އަށް ދެއްވި އިންޓަވިއުއެއްގައި ޕްރިޔަންކާ ބުންޏެވެ. 

ކައިވެނީގެ ދެ ހަފްލާ އިންޑިއާގައި، ދެފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންނާއި އެކު ބޭއްވުން އެއީ ގަބޫލުކުރަންދަތިވާ ވަރުގެ ޚާއްސަ ކަމެއް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

މި ކައިވެންޏާއި ގުޅޭގޮތުން ނިކް ބުނެފައިވަނީ ކައިވެނި އެހާ ފުރިހަމަކޮށް ދާނެ ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށާއި އެ ވަގުތަކީ އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ވަގުތެއް ކަމަށެވެ.

ޕްރިޔަންކާއި ނިކްގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހު  ޖޯދްޕޫރުގެ އުމެއިދް ބާވަން ޕެލަސްގައެވެ.

މީގެ ކުރިން ވަނީ އެމީހުންގެ ހަލްދީ އަދި މެހެދީ ފަންކްޝަންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

މި ކައިވެނީގައި ނިކް އާއި ޕްރިޔަންކާގެ އާއިލާ އާއި ރައްޓެހިން ވަނީ ބައިވެރި ވެފައެވެ.

މި ދެމަފިންގެ ކައިވެނީގެ ދެ ހަފްލާއެއް ދިއްލީ އަދި މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް