16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހޮލީވުޑް

އަރުޖުން އާއި މަލައިކާގެ ގުޅުމާއި ބެހޭގޮތުން ބޮޑުބޭބެ އަނިލް ދިން ޖަވާބަކީ މިއީ

  • އަރުޖުން ވަނީ އޭނާ ސިންގަލް ނޫން ކަމަށް އެއްބަސް ވެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ޑިސެންބަރު 2018 | އަންގާރަ 16:14 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


މަލއިކާ އަރޯރާ އާއި އަރުޖުން ކަޕޫރު -- ހިންދުސްތާނީ ޓައިމްސް

މިދުވަސްވަރު އެންމެ ދެކެވޭ އެއް ވާހަކައަކީ ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ގެ ލޯބީގެ ގުޅުމުގެ ވާހަކަ އެވެ.

އަރުޖުން އައި އޭނާގެ އެއްބަފާ ކޮއްކޮ ޖާންވީ ކަޕޫރު ބައިވެރިވެ ކޮފީ ވިތް ކަރަން ޝޯގައި ޖާންވީއާއި ކަރަން ވަރަށް ދިމާކުރުމުން އެންމެ ފަހުން އަރުޖުން ވަނީ އޭނާ ސިންގަލް ނޫން ކަމަށް އެއްބަސް ވެފައެވެ.

ނެހާ ދޫޕިއާ ހޯސްޓް ކުރާ ރޭޑިއޯ ޗެޓް ޝޯ "ނޯ ފިލްޓަރ ނެހާ" ގެ ސުވާލު ރައުންޑްގައި ސެލެބްރިޓީ ކަޕުލްސްގެ ރިލޭޝަންޝިޕް އެޑްވައިޒް އާއި ގުޅޭގޮތުން ވަނީ ސުވާލު ކޮށްފައެވެ.

މި ޝޯގައި އަނިލް ކަޕޫރާއި އޭނާގެ ނެފިއު އަރުޖުން އާއި މަލައިކާގެ ލޯބީގެ ގުޅުމާއި ބެހެގޮތުން ކޮމެންޓް ކުރުމަށް އެދުމުން އަނިލް ބުނެފައިވަނީ އޭނާ އަށް އަރުޖުން  ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ. އަދި އަރުޖުން އަށް ލިބޭ ކޮންމެ އުފަލަކީ އޭނާއަށް ވެސް ލިބޭ އުފަލެއް ކަމަށާއި އޭނާގެ ޕާސަނަލް އެއްވެސް ކަމަކަށް ކޮމެންޓް ކުރަން ބެނުން ނުވާ ކަމަށް އަނިލް ވަނީ ބުނެފައެވެ. އަރުޖުން އުފަލުގައި ހުރުމުން މުޅި އާއިލާއިންވެސް އެކަމާ އުފާ ކުރާ ކަމަށް އަނިލް ވަނީ ބުނެފައެވެ.

"އޭނަ ކޮންމެ ކަމެއް ކުރިޔަސް، އަހަރެމެން އާއިލާ އެންމެން ގަބޫލުކުރަނީ އޭނަ އެކަންކުރަނީ އެހެން މީހުން އުފަލުގައި ބައިތިއްބަންކަމަށް އަދި އަހަރެމެން އުފާކުރުވަން ކަމަށް." އަނިލް ވަނީ ބުނެފައެވެ.

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް ދޭނެ އެޑްވައިޒް އަކީ ކޮބައިތޯ ސުވާލު ކުރުމުން އަނިލް ބުނެފައިވަނީ އެއީ ވަރަށް ގުޅޭ ޖޯޑެއް ކަމަށެވެ. އަދި ވަގުތު ލިބުނު ވަރަކުން ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަނިލްގެ ނީސް ޖާންވީ އާއި އިޝާން އާއި ބެހޭގޮތުން ވަހަކަ ދައްކަމުން ބުނެފައިވަނީ އެދެމީހުން އެކުގައި ގިނަ ފިލްމް ކުޅެން ޖެހޭ ކަމަށެވެ. އަނިލްގެ ދަރިފުޅު ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާއި ގުޅޭގޮތުން އަނިލް ބުނެފައިވާ ހަމއެކަނި ބަހަކީ " ގޯޑް ބްލެސް ދެމް" އެވެ.

އަރުޖުން 33 އާއި މަލައިކާ 45 ރައްޓެހިވެގެން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނީ މިދިޔަ އަހަރުއެވެ. ފިލްމް ފެއަރގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ ދެތަރިން ދަނީ އަންނަ އަހަރު ކައިވެނި ކުރުމަށް ތައްޔާރު ވަމުންނެވެ.

މަލައިކާ އާއި ފިލްމް ޑައިރެކްޓަރ އަދި އެކްޓަރ އަރުބާޒް ޚާން ކައިވެނި ރޫޅިފައިވަނީ 2015 ވަނަ އަހަރުއެވެ. ނަމަވެސް އެދެމީހުންގެ ދެމެދުގައި ރައްޓެހިކަން އޮވެއެވެ.

މި ދެމީހުންނަށް ވަނީ ފިރިހެން ދަރިފުޅަކު ލިބިފައެވެ. ދަރިފުޅުގެ ކަންކަމުގައި މިދެމީހުން އެކުގައި ވަނީ ފެނިފެން ގޮސްފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް