10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14

ލަންކާގެ ސިޔާސީ މަސްރަހު

ބޮޑުވަޒީރުގެ މަގާމުގައި ރާޖަޕަކްސް ހުރުމާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެފި

  • ޑިސެމްބަރު 12 ގައި މި މައްސަލައިގެ ހުކުމް ކުރަން އޮންނާނެ
  • ރާޖަޕަކްސަ ވަނީ ދެ ފަހަރެއްގެ މަތިން އިތުބާރު ނެތް ކަމަށް މަޖިލިހުން ފާސްކުރުމުން ވެސް އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފަ
އަމަން ހަލީމް | soupized

| 4 ޑިސެންބަރު 2018 | އަންގާރަ 14:15 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  7. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  8. އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަޝްވަރާ ކުރަނީ


މަހިންދަ ރާޖަޕަކްސަ -- ޑެއިލީ މިރޯ

ސްރީލަންކާގެ ބޮޑު ވަޒީރުގެ މަގާމުގައި މަހިންދަ ރާޖަޕަކްސަ ހުންނަވައިފިނަމަ އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެކަމަށް ބުނެ، ބޮޑު ވަޒީރުގެ މަސްއޫލިއްޔަތު އަދާކުރުން މަނާކޮށް، ވަގުތީ ކޯޓު އަމުރެއް ނެރެފިއެވެ.

އެ ގައުމުގެ ކޯޓް އޮފް އެޕީލްސްއިން ނެރުނު އަމުރުގައި ބުނެފައިވަނީ ގާނޫނީ ގޮތުން ސައްހަކަން ކަށަވަރު ނުވާހާ ހިނދަކު ބޮޑު ވަޒީރުގެ މަގާމުގައި ދެމިހުރުމަކީ ގައުމީ މަސްލަހަތަށް އެދެވިގެންވާ ގޮތް ނޫންކަމުގައެވެ. އަދި ޑިސެމްބަރު 12 ގައި މި މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށް ވެސް އަމުރު ނެރުއްވި ގާޒީ އަރްޖުނަ އޮބޭސޭކަރަ ވަނީ ވިދާޅުވެފައެވެ. މި އަމުރާއި ގުޅިގެން މިހާރު ލަންކާގައި ސަރުކާރެއް ނެތެވެ.

ރާޖަޕަކްސަ ވަނީ ކޯޓުގެ ނިންމުން ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަން ހާމަކުރައްވާފައެވެ.

ރާޖަޕަކްސަ ވަނީ ދެ ފަހަރެއްގެ މަތިން އިތުބާރު ނެތް ކަމަށް މަޖިލިހުން ފާސްކުރުމުން ވެސް، ސައްހަ ނޫން ވޯޓެއް ކަމަށް ބުނެ، ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ރައީސް ސިރިސޭނާ ވަނީ ރަނިލް ވިކްރަމަސިންހަ (މަގާމުން ދުރުކުރެވުނު ބޮޑު ވަޒީރު) ނޫން ބޭފުޅަކު ބޮޑު ވަޒީރުކަމަށް އައްޔަން ކުރަން އެބޭފުޅާގެ އެއްބާރުލުން ލިބޭނެކަން ހާމަކުރައްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް