10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

ރައްޔިތުންގެ މަޖިލިސް 2019

ކޯލިޝަން ރޫޅެން އަދި ކައިރިވެސް ނުވޭ!

  • މަޖިލިސް އިންތިޚާބުގެ ވާދަވެރިކަން ބޮޑުވިނަމަވެސް ކެބިނެޓް އޮތީ ރައީސް ސޯލިޙާއިއެކު ކުރިއަށްދާން
މިއުވާން މުހައްމަދު | Miuvaan

| 2 ޑިސެންބަރު 2018 | އާދީއްތަ 18:30 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  7. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  8. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި


ކޯލިޝަން ލީޑަރުންނާއި ރައީސް ސޯލިޙް އަދި ނައިބު ރައީސް ފައިސަލް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ގޫގުލް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވަކިން ވާދަކުރުމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއިން ނިންމުމުން، އެކަމަށް އެކި ފަރާތްތަކުން ފާޑުކިޔަން ފެށިއެވެ. ކޯލިޝަން ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީއިން ވެފައިވާ ވައުދާއި ޚިލާފުވުމެވެ. އެހެންނަމަވެސް، ކޯލިޝަން ޕާޓީތަކަށްވުރެ މިމައްސަލައިގައިވެސް އަޑުގަދަވެގަތްތަން ފެނުނީ ވެރިކަން ގެއްލުނު ޕާޓީ ޕީޕީއެމް އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެޕާޓީއިން ކެންޑިޑޭޓުން ނެރޭނީ ކިހިނެއްތޯ، ނުވަތަ ކުރިމަތިލާނީ ސީދާ ޕާޓީގެ ނަމުގައިތޯ ސުވާލު މާކެއްގެ ތެރޭގައި ތިބިނަމަވެސް، ފާޑުކިޔަން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާލިއެވެ.

އެތެރޭގެ ޑިމޮކްރަސީ އޮންނަ ޕާޓީތަކުގައި ކަންކަން ހިނގާ ގޮތް އެމްޑީޕީއިން ރޭ ވަރަށް ރަނގަޅަށް ދައްކައިފިއެވެ. ޕާޓީގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުންތޯ ނުވަތަ ނޫންތޯ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. އެހެންނަމަވެސް އެނިންމި ނިންމުމެއް، އެނިންމީ އެޕާޓީގެ އާއްމު މެމްމަބަރުން ތަމްސީލްކުރަން ޤައުމީ މަޖިލީހަށް އިންތިޚާބުކޮށްފައިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ތާޢީދު ބޮޑު ލީޑަރެެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ހުށަހެޅުމަށްވެސް ފާޑުކިޔަން ޖެހުމުން އެމަނިކުފާނު އެތަނުގައި އިންނަވަނިކޮށް ޤައުމީ މަޖިލީހުގެ މެމްބަރުން ފާޑުކިއެވެ. ހިފެހެއްޓުމެއް ނެތެވެ. ރައީސް ނަޝީދުވެސް ވާހަކަ ދައްކަވަނިކޮށް އެމަނިކުފާނަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ޖެހުނީ އިށީނދެވަޑައިގަންނަވާށެވެ. މިއީ ޑިމޮކްރަސީއެވެ. އެކަން އެހެން ހިނގާތަން ނުފެންނަ ބަޔަކަށް އެކަންކަން ވާނީ ވަރަށް އާ ކަމަކަށެވެ. 

ދެން އޮތީ އެމްޑީޕީގެ ނިންމުމުގެ ސަބަބުން ކޯލިޝަން ރޫޅުނީއޭ ބުނާ ބުނުމެވެ. ދޮޅު އަހަރުވަންދެން ކޯލިޝަނެއް ހަދައިގެން ހޯދި ވެރިކަމަށް، 2 ހަފްތާ ވީތަނާ ކޯލިޝަން ރޫޅުނީއޭ ބަޔަކު ކިޔައެވެ. އެހެންނަމަވެސް ކޯލިޝަން އަދި ރޫޅޭކަށް ނުވެއެވެ. ގާތްވެސް ނުވެއެވެ. 

މަޖިލިސް އިންތިޚާބު އަދި އޮތީ ކުރިއަށެވެ. ޕާޓީތަކަށް އަދިވެސް މަޝްވަރާކޮށްގެން އެއް ޕާޓީގެ ނިންމުމަށް އެހެން ޕާޓީތަކުން އިހްތިރާމްކުރަން ނިންމައިގެން ކުރިއަށް ދެވިދާނެއެވެ. ނުވަތަ އެފަދަ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ވަކިވަކިން އިންތިޚާބުގައި ވާދަކޮށް، ހޮވޭ މެމްބަރުންނަކީ ކޯލިޝަންގެ މެމްބަރުންކަން ދަނެގެން މަޖިލިސް ތެރެއިން އެކުގައި މަސައްކަތްކުރާނީއެވެ. ސަރުކާރު ދެމިއޮތްހާ ދުވަހަކު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ގުޅިގެން މަސައްކަތް ކުރެވޭނެއެވެ. ދާއިރާއަކަށް ހޮވޭ މެމްބަރަކީ އެމްޑީޕީގެ މެމްބަރަކަސް، ޖޭޕީގެ މެމްބަރަކަސް، އަދާލަތު ޕާޓީގެ މެމްބަރަކަސް ނުވަތަ ރައީސް މައުމޫން ނެރުއްވި މެމްބަރަކަސް، ޖޮއިންޓް ޕީޖީ އެކުގައި މަސައްކަތްކުރާ އިރު އެއީ ހަމަ އެއް ވޯޓެވެ. އެހެންކަމުން މިހާރު މިއޮތް ވާދަވެރިކަމުގައި މަޖިލިސް އިންތިޚާބު ނިމެންދެން ހިފަަހައްޓާލެވިދާނެއެވެ. 

ސަރުކާރު އޮތީ އަދިވެސް ބަދަހިކޮށްކަމަށް ފެނެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ވާހަކައިންވެސް އެކަން ދޭހަވެއެވެ. ކޯލިޝަން ދެމެހެއްޓުމަށް އިސްކަމެއް ދީގެން ކުރިއަށް ދިޔުން މުހިއްމުކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ ނިންމުމާއި ގުޅިގެން ޕާޓީތަކުގެ އެކްޓިވިސްޓުން އެކި ޒާތްޒާތުގެ ވާހަކަ ދެއްކިނަމަވެސް ޕާޓީތަކުގެ ލީޑަރޝިޕުން ބުނީ މަސައްކަތް ކުރިއަށްދާނީ ކޯލިޝަންގެ މަސްލަހަތަށް ވިސްނައިގެންކަމަށެވެ. 

އެހެންކަމުން ކޮންމެ ގޮތަކަށް ނިމުނަސް، އަދި ކޮންމެ ފަދަ ވާދަވެރިކަމެއް އުފެދުނުނަމަވެސް މަޖިލިސް އިންތިޚާބުގެ މައްސަލައިގައި ކޯލިޝަން ރޫޅިދާކަށް ނުޖެހެއެވެ. އެކަން އެމަގުން ހިނގާފާނެކަމަށްވެސް ނުފެނެއެވެ. ރައްޔިތުން 7 އަހަރު މަގުމަތީގައި އުޅުނީ 2 ހަފްތާގެ ވެރިކަމެއް ހޯދާކަށް ނޫނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އާލަމް

1 ހަފްތާކުރިން

ހެހެހޭ! ކޮންމެހެން އެހެންމީހުންނަށް ވިސްނާދެއްވަން ނޫޅޭ އަންނިއަށް ހުކުމް އައީމަ ދެން ރަނގަޅުވާނީ

0
0