26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ބޮލީވުޑް

ނިއުޔޯކްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ސޮނާލީ އެނބުރި މުމްބާއީ އަށް

  • އިންޑިއާއަށް އަންނަކަން ސޮނާލީ ހާމަ ކޮށްފައިވަނީ ސޯޝަލް މީޑިއާ ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 2 ޑިސެންބަރު 2018 | އާދީއްތަ 15:12 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ


ސޮނާލީ އާއި އެނާގެ ފިރިމީހާ ގޯލްޑީ ބޭލް -- ޓްވިޓަރ

ނިއުޔޯކްގައި ކެނސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ބޮލީވުޑްގެ ތަރި ސޮނާލީ ބޭންޑްރޭ އެނބުރި މުމްބާއީއަށް ދާ ކަމަށް އޭނާ ބުނެފިއެވެ.

ސޯޝަލް މީޑިއާ ގައި ސޮނާލީ އޭނާގެ ފޮޓޯއެއް ހިއްސާކޮށް އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ އޭނާ އެނބުރި ގެއަށް (މުމްބާއީ) ދާކަމަށެވެ. ގިނަ ދުވަސް ތަކަކަށް ފަހު އާއިލާ އާއި ރައްޓެހިންނާއި ބައްދަލުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކަމާ އޭނާ ވަރަށް ހިތްހަމަޖެހިފައި ހުރިކަމަށް ވެސް ސޮނާލީ ވަނީ ބުނެފައެވެ.

×ކެންސަރަށް ފަރުވާ ހޯދުމަށް ނިއުޔޯކްގައި ފަސް މަސް ދުވަސް ހޭދަކޮށްފައި ވާއިރު، ސޮނާލީ ގެންދަނީ އޭނާގެ ބަލީގެ ހާލަތު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ސޮނާލީއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށް މިއަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު ނެރެފައިވާ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ އޭނާއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ" ކަމަށެވެ. ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް ކަމަށާއި އެފަދަ ބައްޔެއްގެ އަލާމާތެއް ކުރިން ތަޖުރިބާ ކުރަން ވެސް ޖެހިފައި ނުވާ ކަމަށެވެ. މި ދަނޑިވަޅުގައި މުޅި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އަޅާލުމާއި ލޯތްބާއި އެހީތެރިކަން އޭނާއަށް ލިބެމުން އަންނަ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ބުނެފައި ވެއެވެ.

ޕްރޮޑިއުސަރ ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން އުޅޭ ސޮނާލީގެ 13 އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. މި ދެ މީހުން 2002 ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ފިލްމް ކުޅުން ހުއްޓާލި ނަމަވެސް، ފަހަކަށް އައިސް ސޮނާލީ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގައި ހަރަކާތްތެރިވުމުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސް ކޮށްފައެވެ.

ފިލްމް "އާގް" އިން 1994 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ސޮނާލީ ފިލްމަކުން އެންމެ ފަހުން ފެނިފައި ވަނީ 2013 ވަނަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ "ވަންސް އަޕް އޮން އަ ޓައިމް އިން މުމްބާއީ އަގެއިން" އިންނެވެ. މި ފިލްމްގައި އޭނާ ފެނިގެންދަނީ ކެމިއޯ ރޯލަކުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް