26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

މެޖިކް ފޯމިއުލާ އަކީ ކޮބާ؟

  • އެމްޑީޕީއިން ވަނީ ހުކުރު ދުވަހު އެޕާޓީއިން ވާދަކުރާނެ ދާއިރާތައް އިއުލާންކުރާނެކަމަށް ބުނެފައި
މިއުވާން މުހައްމަދު | Miuvaan

| 29 ނޮވެންބަރު 2018 | ބުރާސްފަތި 19:30 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


4 ސިޔާސީ ލީޑަރުން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ޓްވިޓަރ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިއޮތީ ބޯމަތީގައެވެ. ބައެއް ކެންޑިޑޭޓުން ޕްރައިމަރީއަށް ކެމްޕޭން ފަށާފައިވާއިރު، އަނެއް ބައި ކެންޑިޑޭޓުން އަދި މަޑުން ތިބީ މިވާގޮތެއް ބެލުމަށެވެ. ވެރިކަންކުރާ އިއްތިހާދުގެ ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާލާ ވާހަކަޔަކާއި، ހުރިހާ ގޮނޑިއަކަށް ހުރިހާ ޕާޓީތަކެއް ވާދަކުރާ ވާހަކައެއްވެސް އެބަ އަޑުއިވެއެވެ.

ގުޅިފައިވާ ޕާޓީތަކަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމާއި ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު އެއް ކެންޑިޑޭޓެއްގެ ގޮތުގައި ރައީށް އިބްރާހިމް މުހައްމަދު ސޯލިޙް ނެރެވުނެވެ. ބޭރު ފުށަށް ކިތަންމެ މަންޒަރު ރީތިކުރަން އުޅުނު ނަމަވެސް, ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައި ސިޔާސީ ގޮތުން ވި އަރައިރުންތައް ދިވެހިން އަދިވެސް ހަނދާން އެބަހުއްޓެވެ. އެއް ކެންޑިޑޭޓަކު ނެރެވި، އިންތިޚާބު ކާމިޔާބުވުމުން ދެން އެވާހަކަ ނުދެއްކިޔަސް، އެކަން ނުވާކަމަށް ނުވާނެއެވެ.

ރިޔާސީ އިންތިޚާބު ނިމި، މިހާރު މިވަނީ މަޖިލިސް އިންތިޚާބު ބޯމަތިވެފައެވެ. 87 ގޮނޑިއަށް ކެންޑިޑޭޓުން ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު، ވާދަކުރަންވީ ކިހިނެއްކަމެއް އަދި ޕާޓީތަކުގެ މެމްބަރުންނަށް ކަށަވަރެއް ނޫނެވެ. ބައެއް ޕާޓީތަކުން ޕްރައިމަރީއަކަށްފަހު ޓިކެޓް ދޭން ވާހަކަ ދައްކާއިރު، ބައެއް ޕާޓީތަކުން ބުނަނީ ޓިކެޓް ދޭނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ޤުރުބާނީއެއް ވީ ކެންޑިޑޭޓުންނަށް ކަމަށެވެ. އެހެންކަމުން ތިމާއަށް ވެވުނު ޤުރުބާނީ ބޮޑުކަމަށް ފެނިވަޑައިގަންނަވާ ބޭބޭފުޅުން އެޕާޓީތަކާއި ގުޅިވަޑައިގަންނަވާ މަންޒަރުވެސް ފެނެއެވެ. 

އިންތިޚާބުގެ ވަގުތު ކައިރިވަމުން އަންނައިރު، އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ އާއްމު މެމްބަރުން މިހާރު ކުރަމުންދާ ސުވާލަކީ އެޕާޓީގެ ވިސްނުމަކީ ކޮބައިތޯއެވެ. ނިމިދިޔަ ހުރިހާ އިންތިޚާބެއްގައި ހުރިހާ ގޮނޑިއަކަށް އެޕާޓީއިން ކުރިމަތިލިއެވެ. އިންތިޚާބަކީ ބައެއް ފަހަރު ކާމިޔާބުވެ، އަނެއް ބައި ފަހަރު ނާކާމިޔާބުވާ އެއްޗެއްކަން އެޕާޓީއިން ދިޔައީ ޤަބޫލުކުރަމުންނެވެ. އެހެންނަމަވެސް އެ ސިޔާސަތު މިހާރު ބަދަލުވާހެން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ހީވެއެވެ. އިންތިޚާބުގައި ކާމިޔާބު ކުރެވޭނެ ގޮނޑިތަކަށް އެކަނި ކުރިމަތިލުމުގެ ވިސްނުމުގެ ވާހަކަ އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވުމުން، ހުރިހާ ގޮނޑިއަކަށް އެމްޑީޕީއިން ކުރިމަތި ނުލާނެކަމުގެ ޔަޤީންކަން ގާތްގަނޑަކަށް އެވަނީ ލިބިފައެވެ.

ދެން އޮތް ސުވާލަކީ އެމްޑީޕީއިން ދޫކޮށްލާނީ ކިތައް ގޮނޑިތޯއެވެ؟ ސަރުކާރު އެކުލަވާލާފައިވާ ގޮތަށް މަޖިލީހުގެވެސް ކޮމްޕޮޒިޝަން ބަހާލައި، އެމްޑީޕީއިން 40 އިންސައްތައަށްވާ 35 ގޮނޑިއަށް ކުރިމަތިލާނީތޯއެވެ؟ އެއީ އެމްޑީޕީއަށް އެހާ ޖާދުވީ ފޯމިއުލާއެއް ކަމަށް ނުފެނެއެވެ. ކޯލިޝަން ސަރުކާރެއް ކަމުން ސަރުކާރުތެރެއިންވެސް އެމްޑީޕީއަށް ލިބުނު ހިއްސާގެ ކުޑަކަމާއިއެކު ސިޔާސީ މަސައްކަތްތަކުގައި އުޅުއްވި ގިނަ ބޭފުޅުންތަކެއް އެވަނީ މަޖިލީހަށް ނިކުންނަވާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ. އެހުރިހާ ބޭފުޅުން ކުރިމަތިލައްވަން އެންމެ 35 ގޮނޑިއަކީ އެންމެ އެކަށީގެންވާ އަދަދުތޯއެވެ؟

ޤާސިމް އިބްރާހިމް އެވިދާޅުވާ ޖާދުވީ ނުވަތަ މެޖިކް ފޯމިއުލާއަކީ ކޮބައިތޯ ރައްޔިތުން މިތިބީ ބަލާށެވެ. ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުނުހެން 87 ދާއިރާއަށް ކެންޑިޑޭޓުން ނެރުމުގައި ގިނަ ބަޔަކު ރުހޭނެ ފޯމިއުލާއެއް ނެރުމަކީ ދަތިކަމަކަށް ވާނެއެވެ. ސިޔާސީ ލީޑަރުންގެ ހުރި ހިކުމަތްތެރިކަމެއްވެސް އެނގިދާނެތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް