26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރާ ޙަރާމްކުރެއްވުން

ރާ ޙަރާމްކުރެއްވުމުގެ ޙިކްމަތް

 • ރައްޓެހިންނާއި ޚަތުރުން ވަކިކުރަން ނޭގެއެވެ. ވާހަކަ ދެއްކުމުގައި ހަމައިން ނެއްޓި ދެއެވެ.
 • ތިމާގެ އަމިއްލަ ސިއްރުތައް ވެސް ތިމާގެ ދުލުން ބޭޒާރުކޮށްލައެވެ.
 • ރާ އުފައްދާ މީހާ އާއި، އެ އުފެއްދުމަށް އެހީވާ މީހާ އާއި، ރާ ބޯމީހާ އާއި، އެ އުފުލާ މީހާ އާއި، އުފުލައިގެން ގެންގޮސް ދެވޭ މީހާ އާއި، ވިއްކާ މީހާ އާއި ރާ ބޯންދޭ މީހާ އާއި، ބޯން ދެވޭ މީހާ އާއި މި އެންމެނ
އަހްމަދުﷲ ޖަމީލް | adjameel

| 24 ނޮވެންބަރު 2018 | ހޮނިހިރު 20:44 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ކަމާބެހޭ ފަރާތަށް ނެގިފައިވާ ރާ ތަކެއް: ކޮންމެ މަސްތުވާ އެއްޗަކީ ރާ އެވެ. އަދި ކޮންމެ ރާ އަކީ ޙަރާމް އެއްޗެކެވެ. -- ޕޮލިސް

(މިއީ 2012/11/14 ގައި އަލްމަރްޙޫމު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ "ހިދާޔަތުގެ އަލި" އަށް ލިޔުއްވާފައިވާ މަޟްމޫނެކެވެ.)

 

ބަނގުރާ އަކީ އިންސާނާގެ ވިސްނުމާއި ބުއްދި ފިލުވައިލާ އެއްޗެކެވެ. ރާ ބުއިމުގެ ސަބަބުން އިންސާނާ މޮޔައެއްގެ ސިފަޔަށް ބަދަލުވެ، ތިމާޔަށް ކުރެވެނީ ކޮންކަމެއް ކަމެއް ނުވަތަ ނު ކުރެވެނީ ކޮންކަމެއް ކަން ވަކިކުރަން ނޭނގޭ ޙާލަތަށް އެ މީހެއްގެ ޙާލަތު ހިނގައި ދެއެވެ. ހެޔޮ ނުބައި ވަކިކުރަން ނޭނގެއެވެ. ރައްޓެހިންނާއި ޚަތުރުން ވަކިކުރަން ނޭގެއެވެ. ވާހަކަ ދެއްކުމުގައި ހަމައިން ނެއްޓި ދެއެވެ. ތިމާގެ އަމިއްލަ ސިއްރުތައް ވެސް ތިމާގެ ދުލުން ބޭޒާރުކޮށްލައެވެ.

އެހެންވެ ކީރިތި ޤުރުއާނުގައި ވަނީ މިބާވަތުގެ އެންމެހައި ތަކެތި ޙަރާމްކަން އަންގަވާފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. އަލްމާއިދާ ސޫރަތުގެ 90 އަދި 91 ވަނަ އާޔަތުގެ މާނައިގައި ވަނީ: "އޭ، އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާ އާއި، ޖުވާގެ ކަންތައްތަކާއި، އަޅުކަންކުރުމަށާއި ކުއްތަންވުމަށް ހަދާފައި ހުންނަ ބުދުތަކާއި ހިލަތަކާއި، ނަސީބު ހުރިގޮތް ބަލާންގެންގުޅޭ ދުނިދަނޑިފަދަ ތަކެއްޗަކީ، ޝައިޠާނާގެ ނުބައި ޢަމަލުގެ ތެރެއިންވާ، މުޑުދާރު ކަންތަކެވެ. ފަހެ ތިޔަބައިމީހުން އެކަންތައްތަކާއި ދުރުހެލިވާށެވެ. ތިބައިމީހުން ދިންނަވައި ނަސީބު ލިބޭތޯއެވެ. ހަމަކަށަވަރުން ޝައިޠާނާ އެދެނީ، ރާ އާއި ޖުވާގެ ސަބަބުން ތިޔަބައި މީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފައްދައި، الله ހަނދުމަ ކުރުމުންނާއި ނަމާދު ކުރުމުން ތިޔަބައި މީހުން ދުރުހެލި ކުރުމަށެވެ. ފަހެ މި ކަންތައްތަކުން ތިޔަބައިމީހުން ދުރުހެލިވާން ނުވޭހެއްޔެވެ؟"

ރާ ޙަރާމްކުރެއްވިކަން رسول الله صلى الله عليه وسلم ގެ ސުންނަތުން ވެސް ސާބިތުވެފައިވެއެވެ. މިގޮތުން އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައި ބަސްފުޅުގެ މާނާގައި ވަނީ: "ކޮންމެ މަސްތުވާ އެއްޗަކީ ރާ އެވެ. އަދި ކޮންމެ ރާ އަކީ ޙަރާމް އެއްޗެކެވެ. ދުނިޔެމަތީގައި ރާބުއިން މަތީ ދެމިހެރެއްޖެ މީހާ، އެކަމުން އާނޭ ތައުބާ ނުވާނަމަ، އާޚިރަތް ދުވަހު ސުވަރެގެ އިން ރާބޯކަށް އޭނާއަށް ނުލިބޭނެތެވެ."                                     

އަދިވެސް އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ. "ޒިނޭ ކުރާމީހާ ޒިނޭކުރާ ހިނދު، މުއުމިނަކު ކަމުގައިވާ ޙާލު ޒިނޭ ނުކުރެއެވެ. އަދި ރާބޯމީހާ، ރާބޯ ހިނދު މުއުމިނަކު ކަމުގައިވާ ޙާލު ރާއެއް ނުބޯނެއެވެ. އަދި ވައްކަން ކުރާ މީހާ، ވައްކަންކުރާ ހިނދު މުއުމިނަކު ކަމުގައިވާ ޙާލު ވައްކަމެއް ނުކުރާނެއެވެ.

އެހެން ޙަދީޘްފުޅެއްގައި ވެއެވެ. "ހަމަކަށަވަރުން ރާ އާއި، ރާ އުފައްދާ މީހާ އާއި، އެ އުފެއްދުމަށް އެހީވާ މީހާ އާއި، ރާ ބޯމީހާ އާއި، އެ އުފުލާ މީހާ އާއި، އުފުލައިގެން ގެންގޮސް ދެވޭ މީހާ އާއި، ވިއްކާ މީހާ އާއި ރާ ބޯންދޭ މީހާ އާއި، ބޯން ދެވޭ މީހާ އާއި މި އެންމެނަށް މާތް ﷲ ލަޢުނަތް ލެއްވިއެވެ."

އަދިވެސް ޙަދީޘްކުރެއްވިއެވެ. "އެ އެއްޗެއްގެ ގިނަ މިންވަރެއް ބޭނުންކޮށްގެން މަސްތުވާ އެއްޗެއްގެ ކިތަންމެ މަދު މިންވަރެއް ނަމަވެސް ޙަރާމްވާނެއެވެ." އަދިވެސް އެހެން ޙަދީޘް ފުޅެއްގެ މާނާގައިވެއެވެ. "ރުނބައެއްގެ މިނަށް ބޮއިގެން މަސްތުވާ އެއްޗެއްގެ ކޯވަރެއް ހައި މިންވަރު ވިޔަސް ޙަރާމް ވެގެންވެއެވެ."    

عثمان رضي الله عنه ގެ އަރިހުން ވާރިދުވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން ރާ އާއި ދުރުހެލިވެ ރައްކާތެރިވާށެވެ. އެހެނީ، އެއީ ހުރިހާ ނުބައިކަމެއްގެ މަންމައެވެ." އެބަހީ ހުރިހާ ނުބައިކަމެއްގެ އަސްލެވެ.

 

ޢަބްދުﷲ ބިން ޢަމްރު ބިނިލްޢާޞްގެ ކިބައި ރިވާވެގެން ވެއެވެ. "ރާއަކީ، ހުރިހާ ނުބައިކަމެއްގެ އަޞްލެވެ. ފަހެ، ރާ ބޮއިފީ މީހެއްގެ ނަމާދު ސާޅީސް ދުވަސް ވަންނެން ޤަބޫލު ނުކުރެވޭ ހުއްޓެވެ. އަދި އެމީހެއްގެ ބަނޑަށް ރާ ގޮސްފައި ވަނިކޮށް މަރުވެއްޖެނަމަ މަރުވާހުށީ ޖާހިލީ މަރަކުންނެވެ"

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަނބިކަނބަލުން އުއްމު ސަލަމާ ވިދާޅުވިއެވެ. "ކޮންމެ މަސްތުވާ އެއްޗަކާއި ހަށިގަނޑު ވަރުބަލިކޮށް ލޮޑުކޮށްލާ ކޮންމެ އެއްޗެއް اللهގެ ރަސޫލާ މަނާކުރެއްވިއެވެ."

     މިފަދަ ކިތަންމެ ދަލީލަކުން ރާ އާއި ކޮންމެ މަސްތުވާ އެއްޗަކީ ޙަރާމް އެއްޗެއްކަން ސާބިތުވެއެވެ. ރާ އަކީ ޙަރާމް އެއްޗެއްކަމަށް ދަންނަބޭކަލުން ވަނީ އިޖްމާޢުވެވަޑައިގެން ފައެވެ.

     ރާ ބުއިމުންނާއި މަސްތުވާ ބާވަތުގެ ކޮންމެ އެއްޗެއް ބޭނުންކުރުމީ ބުއްދިއަށް ގެއްލުން ހުރިކަމެއް ކަމާއިމެދު ހަމަބުއްދި ހުރި އެއްވެސް މީހަކު ދެކޮޅެއް ނަހަދާނެއެވެ. އެހެންކަމުން މާތް ނަބިއްޔާ  ޙަދީޘްކުރައްވާފައި ވަނީ: "ރާއަކީ، ބުއްދި ފޮރުވާލާ (އެބަހީ، ފިލުވާލާ) ކޮންމެ އެއްޗެކެވެ."

     ބުއްދި ފިލައި ގޮސްފިނަމަ، އިންސާނާގެ ޢަމަލުތައް ފާސިދުވެ، ތަންދޮރު އޮޅި ކުރެވޭ ނުކުރެވޭ ކަމެއް އެމީހަކަށް ނޭނގޭނެއެވެ. ބުއްދި ފިލައި ގޮސްފައިވާ މީހާގެ ޢަމަލުތަކާއި ބަސްމަގު ހުންނާނީ އާދައިގެ ޙާލަތުގައި އެމީހާގެ ޢަމަލުތަކާއި ބަސްމަގު ހުންނަގޮތާ ވަރަށް ބޮޑަށް ތަފާތުކޮށެވެ. އެހެންކަމުން، އެޙާލުގައި އޭނާ ފެންނަ ކޮންމެ މީހަކު އޭނާއާ ދިމާއަށް އެއްޗެހިކިޔައި މަލާމާތްކޮށް ބަދުބަސް ބުނެ ހަދާނެތެވެ.

     ރާއަކީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިއެވެ. އެހެންކަމުން ނަބިއްޔާ ވަނީ އެއިން ދުރުހެލިވުމަށް ނުހަނު ބާރު އަޅުއްވާފައެވެ. އެކަލޭގެފާނު ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. "ތިބާ ރާ ނުބޯށެވެ! ފަހެ، އެއީ ހުރިހާ ނުބައި ކަމެއްގެ ތަޅުދަނޑިއެވެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް