16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ނަމޫނާ ޝަޚްޞިއްޔަތު

އަހަރަމެންގެ ނަމޫނާ ޝަޚްޞިއްޔަތު

  • މާތް ﷲ އެކަލޭގެފާނަށް ބާވައިލެއްވި ޝަރީޢަތް އެކުލެވިގެން ވަނީ މައިގަޑު ދެ އެއްޗެއްގެ މައްޗަށެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 12 ނޮވެންބަރު 2018 | ހޯމަ 19:47 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ކަޢްބަތުﷲ ގެފުޅު. ޙައްޖުވާނޭ ގޮތް ކީރިތި ރަސޫލާ ވަނީ އަންގަވައި ދެއްވާފަ -- ވިކިމީޑިއާ

އިންސާނުން ދުނިޔޭގައި އުޅުމަށް ﷲ ޚިޔާރު ކުރައްވާފައިވާ މަގަކީ އިސްލާމް ދީނެވެ. އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ގޮވާލެއްވި ދީނަކީ ވެސް އެއީއެވެ. ރަސޫލުބޭކަލުންގެ ސިލްސިލާގައި ސިއްކަޖެހުނީ މުޙައްމަދު (ޞ) އާ ހަމައިންނެވެ. މާތް ﷲ އެކަލޭގެފާނަށް ބާވައިލެއްވި ޝަރީޢަތް އެކުލެވިގެން ވަނީ މައިގަޑު ދެ އެއްޗެއްގެ މައްޗަށެވެ. އެއީ ﷲ ގެ ފޮތާއި، އިތުރު އެކަލޭގެފާފާނުގެ ސުއްނަތެވެ. ރަސޫލުކަމާއިގެން އަޅުގަނޑުމެންގެ ގާތަށް ކީރިތިވަންތަ ﷲ އެކަލާނގެ ރަސޫލާ (ޞ) ފޮނުއްވި ހިނދު އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބެލުމަށް ވަނީ އަމުރުކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيرًا [الأحزاب 21] މާނައީ: "ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. އެއީ ﷲގެ ޙަޟްރަތުން ލިބޭނޭ ދަރުމައަށާއި އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ".

އެއްވެސް މީހަކު އެހެން ބަޔަކަށް ނަމޫނާއަކަށް ވުމުގެ މާނައަކީ އެމީހެއްގެ އުޅުމާއި އަޚްލާޤާއި ޢަމަލުތަކަށް އެބަޔަކު ތަބާވާން ޖެހުމެވެ. އަދި އެބަޔަކު ބަލައިގަންނަން ޖެހޭފަދަ ރިވެތި ގޮތްތަކެއް، އެމީހެއްގެ ކިބައިގައި ވުމެވެ. އެހެންކަމުން، ރަސޫލާ (ޞ) އަކީ އެންމެހައި މީސްތަކުންނަށް މާތްﷲ ދެއްކެވި ރީތި ނަމޫނާއަކަށް ވުމުގެ މާނައަކީ، އެބައިމީހުންގެ އެންމެހައި ކަންކަމުގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ދެއްކެވި ރިވެތި މަގުން ހިނގުމެވެ. ކޮންމެކަމެއްގައިމެ އެކަލޭގެފާނު ޢަމަލު ކުރައްވާފައިވާ ގޮތް ބަލައި، އެގޮތަށް ޢަމަލު ކުރެވޭތޯ ބެލުމެވެ. އެއްވެސް ކަމެއްގައި އިތުރުއެކަލޭގެފާނު ވަކި ގޮތަކަށް ޢަމަލުކުރައްވައިފައި ވަނިކޮށް، އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا [النساء 65] މާނައީ: "ހަމަހިލާ އެހެނެއް ނުވާނެއެވެ. ކަލޭގެފާނުގެ ވެރި އިލާހު ގަންދެއްވައި އަންގަމެވެ. ތިޔަބައިމީހުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުގައި ޙުކުމްކުރައްވައި، އެކަންތައްތައް ފައިޞަލާކުރެވުން ކަލޭގެފާނާ ޙަވާލުކޮށް، އަދި އެކަންކަމުގައި ކަލޭގެފާނު ޙުކުމްކުރައްވާ ގޮތާމެދު އެބައިމީހުންގެ ހިތްތަކުގައި އެއްވެސް ނުރުހުންތެރި ކަމެއްނެތި، އެކަން އެބައިމީހުންގެ ހިތުގެ އަޑިން ޤަބޫލުކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެއެވެ."

އެހެންކަމުން، އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ވެގެންވަނީ، ރަސޫލާ (ޞ) ގެ އެންމެހައި އެންގެވުންތަކާއި، އިރުޝާދުތަކާއި، ނަޞޭހަތްޕުޅުތަށް އެއްވެސް ތަފާތު ކުރުމެއްނެތި ބަލައިގަތުމެވެ.

 

ނޯޓު: މިއީ އަލްމަރުޙޫމު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު "ހިދާޔަތުގެ އަލި" މަޖައްލާއަށް ލިޔުއްވާފައިވާ މަޟްމޫނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރަންނަމާރި

2 މަސް ކުރިން

ކާވެނިފުޅުތަކުގެ މިސާލުން މިސާލު ނަގާފަދަ ރިވެތި ނަމޫނާ

0
0