11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

  • މުޅި މުބާރާތުގެ އެންމެ މޮޅު ޕޯސްޓަރަކަށް ހޮވިފައިވަނީ ޢާއިޝަތު ޞަބާ ހުށަހެޅި ޕޯސްޓަރު
ސިމާހާ ނަސީމް | sim_kamana

| 9 ނޮވެންބަރު 2018 | ހުކުރު 22:42 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ތެރެއިން -- އެންވަރަންމަންޓް މިނިސްޓްރީ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މި މުބާރާތުން ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމް ޙަވާލްކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުﷲ މަޖީދާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް އަޙުމަދު ޝަފީޢު އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ އައިޝަތު ސާދެވެ. ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީ ގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސް ޝޯކޯ ނޯޑާއެވެ.

ހަފްލާގެ ތެރެއިން ވަނީ ޔޫ.އެން.ޑީ.ޕީ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން ތައްޔާރުކުރި "އެސް.ޑީ.ޖީސް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ވެސް ލޯންޗުކޮށްފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ 43 ސްކޫލަކުން 500 އަށްވުރެ ގިނަ ޕޯސްޓަރ ހުށަހަޅާފައިވެއެވެ. މި މުބާރާތް ބާއްވާފައިވަނީ 4 ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ، ގްރޭޑް 1-3، ގްރޭޑް 4-6، ގްރޭޑް 7-9، އަދި ގްރޭޑް 10-12 އެވެ. ކޮންމެ ކެޓަގަރީ އަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާފައިވެއެވެ.

ގްރޭޑް 1-3 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ މަރަދޫ ސްކޫލުގެ ދަރިވަރު އާމިނަތު އަފްޝީން އާރިފް އެވެ. މި ކެޓަގަރީއިން 2 ވަނަ އަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު އައިޒާ އަޙްމަދު ލިޒާން އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ ކަލާފާނު ސްކޫލުގެ ދަރިވަރު އާދަމް ކައިސަން ޒާހިދެވެ.

ގްރޭޑް 4-6 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ޖައިޝާ އާސިމް އެވެ. މި ކެޓަގަރީއިން 2 ވަނަ އަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު އިޔާލް ހުސައިން ފަޔާޒް އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝާރަތް ޝަރީފެވެ.

ގްރޭޑް 7-9 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝައިހާ އަޙްމަދު އެވެ. މި ކެޓަގަރީއިން 2 ވަނަ އަށް ހޮވިފައިވަނީ އ.ދ ދިގުރަށު ސްކޫލުގެ ދަރިވަރު ހައްވާ އަނޫޝާ އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ ޣާޒީ ސްކޫލުގެ ދަރިވަރު މުޙައްމަދު އަބްޔަން މަހުދީ އެވެ.

ގްރޭޑް 10-12 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޢާއިޝަތު ޞަބާ އެވެ. މި ކެޓަގަރީއިން 2 ވަނަ އަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު ނާއިޙް މުޙައްމަދު ސާލިޙް އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އާމިނަތް އައިޝް ޙުސައިނެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ޕޯސްޓަރަކަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޢާއިޝަތު ޞަބާ ހުށަހެޅި ޕޯސްޓަރެވެ. މުޅި މުބާރާތުން 2 ވަނައަށް އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝައިހާ އަޙްމަދު ހުށަހެޅި ޕޯސްޓަރު ހޮވިފައިވާއިރު، މުޅި މުބަރާތުން 3 ވަނައަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ޖައިޝާ އާސިމް ހުށަހެޅި ޕޯސްޓަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް