16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ސްރީލަންކާ

ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

  • ގާނޫނު ހަދާ މަޖިލީސް އުވާލަން ނިންމީ ގަނޫނު އަސާސީއާއި ވެސް ޚިލާފަށް
އާމިނަތު ނުޒުހާ | nuzu8121

| 9 ނޮވެންބަރު 2018 | ހުކުރު 22:30 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  8. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ


ލަންކާގެ ރައީސް ސިރިސޭނާ އަދި ކުރީގެ ބޮޑު ވަޒީރު ރަނިލް -- ގޫގުލް

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ސްރީލަންކާގެ ގާނޫނު އަސާސީއާ ހިލާފަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލަން ނިންމައިފިއެވެ.

ސިރިސޭނާ ގާނޫނު ހަދާ މަޖިލީސް އުވާލަން މި ނިންމެވީ، ހަފްތާއަކަށް ވުރެން ގިނަ ދުވަސް ވަންދެން ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑްކުރުމަށް ފަހުގައެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލުމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާވަނީ ގެޒެޓް ނޮޓިފިކޭޝަންގައި ސޮއިކުރައްވާފައެވެ.

ސްރީލަންކާގެ ކޯ ކެބިނެޓްގެ ސްޕޯކްސްޕާސަން ކެހެލިޔާ ރުމްބެކެވެއްލާ ވަނީ އެކަން އެގައުމުގެ ޓީވީ ޗެނަލެއް ކަމުގައިވާ "ނިއުސް ފަސްޓް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ކުއްލި ގޮތަކަށް ގާނޫނު ހަދާ މަޖްލިސް އުވާލާފައިވާއިރު ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަ ހައްލު ކުރަން އަވަސް އިންތިޚާބެއް ވެސް އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ވެސް ނުނަގާނެ ކަމަށް ސިރިސޭނާގެ އަރިސް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

އޮގަސްޓް 2020 ގައި ސިރިސޭނާގެ ދައުރު ހަމަވުމުގެ ކުރިން ޕާލަމެންޓް އުވާލުމުގެ ވިސްނުމެއް ކަމަށް އެފަރާތްތަކުން ގެންދިޔައީ ވިދާޅުވަމުންނެވެ.

ސިރިސޭނާގެ ނިންމެވުމާއި އެކު ހުކުރު ދުވަހުގެ ރޭ 12:00 ގައި ގާނޫނު ހަދާ މަޖްލިސް އުވޭނެއެވެ. 225 މެމްބަރުންނާއެކު މަޖިލިސް އުވިގެންދއިރު، ގާނޫނު ހަދާ މަޖިލީހުން ބޮޑުވަޒީރެއް ހޮވުމަށްޓަކައި ސިރިސޭނާގެ ލަންކާ ފްރީޑަމް ޕާޓީއަށް މެޖޯރިޓީ ނެތްކަން އިއުލާންކުރޯ ހުކުރު ދުވަހުއެވެ.

ސިޔާސީ މައްސަލަގަނޑެއްގެ ތެރެއަށް ލަންކާ ވެއްޓުނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ މިދިޔަ މަހު 26 ވަނަ ދުވަހު ވަކިކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް