25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

އަޙުމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަދީބަށް އެމަޖެންސީގައި ފަރުވާދޭން ފަށައިފި

  • އަދީބަށް ފަރުވާ ދެމުން އަންނަ ސަބަބެއް އަދި ސާފެއް ނުވޭ
  • އަދީބަށް ބާރުގަދަ ބޭސްތަކެއް ކާންދެމުންދާ ކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައި
އަމްނާ އިމާދު | @amnabinthimad

| 9 ނޮވެންބަރު 2018 | ހުކުރު 22:20 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ކުރީގެ ނާއިބު ރައީސް އަދީބަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން -- ރާއްޖެއެމްވީ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ އެމެޖެންސީގައި ފަރުވާދޭން ފަށައިފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 20:00 ހާއިރު އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަދީބަށް ދިމާވީ ކޮން މައްސަލައެއްކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. 

އަދީބަށް އެމެޖެންސީގައި ފަރުވާ ދެމުން އަންނައިރު، މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ގޮތް ނޭނގޭ ބާރުގަދަ ބޭސްތަކެއް ކާންދީފައިވާ ކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ. އަދި އެ ބޭސްތައް އަދީބު ބޭނުންކުރެއްވުމުން ވަރަށް ބޮޑަށް ވަރުބަލިވެ، ބޯ އަނބުރާ ގޮތްވެ، ގޮޅި ތެރެއަށް ނުވެއްޓުނީ ކިރިޔާ ކަމަށް ވެސް އަދީބުއާ ހަވާލީދީ ނަޝްވާ ވިދާޅުވިއެވެ. 

އަދީބުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާތީ، ބަންދުގައި ބަހައްޓައިގެން މިހާރުން މިހާރަށް އެކަން ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ނެރެދިނުމަށް އެދި ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ކިބައިން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ މިދިޔަ މަހުގެ ތެރޭގައި އެދިވަޑައިގެންފައެވެ.

އަދީބުގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހި ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ލަފާދީފައިވާ އިރު ވެސް އަދީބު ރާއްޖެއިން ބޭރަށް ފޮނުވަން ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާ އެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް