25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ހުއާ މަޓާ

ޔުނައިޓެޑުން އާ އެއްބަސްވުމެއް ހުށަހަޅާތޯ މަޓާ ދަނީ އިންތިޒާރު ކުރަމުން

  • މަޓާގެ އެއްބަސްވުން މި އަހަރު ހަމަވާނެ
ލީވާން އަލީ | MrLeevaan

| 9 ނޮވެންބަރު 2018 | ހުކުރު 18:17 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ޔުނައިޓެޑަށް ކުޅެމުން އަންނަ ހުއާ މަޓާ -- ގޫގުލް

މެންޗެސްޓާ ޔުނައިޓެޑުން އާ އެއްބަސްވުމެއް ހުށަހަޅާތޯ އެ ކްލަބަށް ކުޅެމުން އަންނަ ހުއާން މަޓާ އަންނަނީ އިންތިޒާރު ކުރަމުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީމެއިލް އިން ބުނީ މަޓާގެ އެއްބަސްވުން މި އަހަރު ހަމަވާއިރު، އޭނާއަށް އާ އެއްބަސްވުމެއް ހުށަހަޅާތޯ އިންތިޒާރުކުރަމުންދާ ކަމަށެވެ. އެގޮތުން ޔުނައިޓެޑުން އާ އެއްބަސްވުމެއް ހުށަ ނާޅައިފިނަމަ ޖެނުއަރީ ޓްރާންސްފަރގައި އޭނާ ކްލަބް ބަދަލުކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 30 އަހަރުގެ މަޓާ ހޯދުމަށް ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތައްވެސް ހިމެނެއެވެ.

ރެއާލް މެޑްރިޑްގެ ޒުވާން ޓީމުން 2006 ވަނަ އަހަރު ކެރިއަރު ފެށި މަޓާ ވަނީ ވެލެންސިއާ އަދި ޗެލްސީއަށްވެސް ކުޅެފައެވެ.

މަޓާ ވަނީ ވެލެންސިއާއަށް ކުޅުނު 174 މެޗުގައި 46 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ވެލެންސިއާއާ އެކު ކޮޕާޑެލްރޭވެސް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ޗެލްސީއަށް ކުޅުނު 135 މެޗުގައި 33 ލަނޑު ކާމިޔާބު ކޮށްފައިވާ މަޓާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް މަޓާ ޔުނައިޓެޑަށް ބަދަލުވީ 2013 ވަނަ އަހަރެވެ. މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 198 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްފައިވާ މަޓާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގު ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް 41 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައިވާ މަޓާ ވަނީ ސްޕެއިންގެ 19 އަދި 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް