16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

އިލެކްޝަން ކޮމިޝަން

ޕާޓީގެ ރައީސުންގެ ގޮތުގައި ނަޝީދާއި އިމްރާނަށް ތިބެވިދާނެތޯ އާދީއްތަ ދުވަހު ނިންމާނަން: އީސީ

  • ގޮތެއް ނިންމަނީ ގިނަބަޔަކު ސުވާލުކުރާތީ
  • ސުޕްރީމް ކޯޓުން އެ ދެބޭފުޅުންގެ ހުކުމްތަންފީޒް ކުރުންވަނީ ފަސްކުރުވާފަ
  • ގޮތެއް ނިންމާނީ އީސީގެ ގާނޫނީ ޓީމާއި މަޝްވަރާ ކުރުމަށްފަހު
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 9 ނޮވެންބަރު 2018 | ހުކުރު 17:23 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  8. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ


ރައީސް ނަޝީދާއި އެިމްރާން ބައްދަލު ކުރައްވަނީ -- ޓްވިޓަރ

ކުރީގެ ރައީސް، މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް ޕާޓީގެ ރައީސް ކަމުގައި ދެމިތިއްބެވޭނެ އަންނަ އާދިއްތަ ދުވަހު ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސް ކަމުގައި ދެމިތިއްބެވޭނެތޯ އާއިމެދު ގޮތެއް ނިންމަން ކޮމިޝަނުން ނިންމީ  ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ ކަމަށެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހާ އެކު، އެމްޑީޕީގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވާ" ކަމަށެވެ.

އަކްރަމް ވިދާޅުވީ ކުރީގެ ނިންމުމާއިމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަނީ މިހާރު ސުޕްރީމް ކޯޓުން ރައީސް ނަޝީދާއި ޝެއިޚް އިމްރާންގެ ހުކުމް ތަންފީޒުކުރުން ފަސްކުރައްވައި އެބޭފުޅުންގެ މައްޗަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާފައިވާތީ ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވިޔަސް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ބާތިލު ކޮށްފައިނުވާތީ، އެ މައްސަލައިގައި ކޮމިޝަނުން ގޮތެއް ނިންމައިދިނުމަށް ނުވަތަ ދެކޭ ގޮތެއް ބުނުމަށް ގިނަ ފަރާތްތަކުން އެދެމުން އަންނަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ގިނ ބަޔަކު އެގޮތަށް އެދެމުން އަންނާތީ ކޮމިޝަނުން ގޮތެއް ނިންމަންޖެހޭ ކަމަށާއި އެކަމަކު ކޮމިޝަނުގެ މެމްބަރުން އެކަމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ކޮމިޝަނުގެ ގާނޫނީ ޓީމާ ވެސް މަޝްވަރާކޮށްފައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް