16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ހުކުރު ޚުތުބާ

ޤުރުއާނާއި ރަސޫލާގެ ހަދީޘްފުޅުގައި ހިފައިފި މީހަކު ދުވަހަކު ވެސް މަގު އޮޅިގެން ނުދާނެ: ޚުތުބާ

  • ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭވަރުގެ މަތިވެރި ކަންތައްތަކެއް ރަސޫލާ ވަނީ މިއުންމަތައްޓަކައި ކުރައްވާފައި
  • ރަސޫލާ ދެއްކެވިމަގު އަބަދާއި އަބަދު ހަނދާނަށް ގެނެސް ހަނދާން އައުކޮށް އުޅުމަކީ އިމާންވެގެންތިބި މައުމިނުން ކުރާންވާނެ ކަމެއް
އަމްނާ އިމާދު | @amnabinthimad

| 9 ނޮވެންބަރު 2018 | ހުކުރު 16:49 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


މިއަދުގެ ހުކުރު ޚުތުބާ އިއްވީ "ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މަސްރަހު" މިމައުޟޫއަށް -- ފޮޓޯ: މުހައްމަދު ޝަރުހާން

ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުގައި ހިފައިފި މީހަކު ދުވަހަކުވެސް މަގު އޮޅިގެން ނުދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މަސްރަހު" މިމައުޟޫއަށް ހުކުރު ދުވަހު އިއްވި ޚުތުބާގައި ބުނީ މިމައްސަރަކީ ބަރަކާތްތެރިކަމުން ފުރިގެންވާ މައްސަރެއް ކަމަށާއި، މިމައްސަރަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ކީރިތި ﷲ ފޮނުއްވި މާތް ސާހިބާ ދުނިޔެއަށް ވަޑައިގަތް މައްސަރު ކަމަށެވެ.

އުއްމަތުގެ ބާއްޖަވެރިކަމާއި ހެވާއިލާބައަށްޓަކައި ކީރިތި ރަސޫލާ ކުރެއްވި މިންނެތް މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާ ޚުތުބާގައި ބުނީ، ދުލަކުން، ގަލަމަކުން ބަޔާން ނުކުރެވޭވަރުގެ މަތިވެރި ކަންތައްތަކެއް ރަސޫލާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކަލޭގެފާނަށް އަދާކުރަންޖެހޭ ޝުކުރަކީ އެހާ މަތިވެރި ޝަކުރެއް ކަމަށާއި، އެޝުކުރު އަދާކުރުމުގެ ގޮތުން ތަޢާލީމަށް ފުރިހަމަ ގޮތުގައި ބޯލަނބައި އެކަލޭގެފާނަށް ތަބަޢުވުމަށް ޚުތުބާގައި ބުންޏެވެ.

މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައި މާނަގައިވަނީ " އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ."

ޚުތުބާގައި ބުނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އިސްލާމްދީނަށް ގޮވާލައްވާ، ދުނިޔެ އިސްލާހުކުރައްވަން މަސައްކަތް ފެއްޓެވިއިރު މީސްތަކުން ވަނީ ޖަހާލަތާއި ޝިރުކުގެ ކަނު އަނދިރީގެ ތެރެއަށް ގެއްލިފައި ކަމަށެވެ. ނަމަވެސް އެކަލޭގެފާނު ޖަންނަތަށް ވަޑައިގެންނެވީ މިމަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވާފައެވެ.

މީގެ އިތުރަށް ޚުތުބާގައި ބުނީ އެކަލޭގެފާނު ދުނިޔެ އެހެން ދުނިޔެއަކަށް ބަދަލުކުރައްވާ ޖަހާލަތުގެ އަނދިރިކަން ފެތުރިފައިވާ ދުނިޔެ ޢިލްމުގެ ނޫރުން އަލިވެ އުޖާލާކުރި ކަމަށެވެ. އަދި އެކަލޭގެފާނު އަނިޔާއާ ބޭއިންސާފުގެ ބަދަލުގައި އެކުވެރިކަމާއި ސުލްޙަ މަސަލަސްކަން ގާއިމް ކޮށްދެއްވި ކަމަށާއި، ތައުޙީދުގެ ބިންގަލުގެ މަތީގައި އީމާންކަމުގެ ޢިމާރާތްތައް އާރާސްތު ކުރެއްވި ކަމަށްވެސް ޚުތުބާގައި ވެއެވެ.

ޚުތުބާގައި ބުނީ ރަސޫލާ ދުނިޔެ ދޫކުރެއްވީ އޭގައި ހިފަހައްޓައިފިނަމަ ދުވަހަކު ވެސް މަގުނޯޅޭނެ ފަދަ ދެއެއްޗެއް އަޅުގަނޑުމެންގެ ތެރެއަށް ދޫކުރައްވާފައި ކަމަށެވެ. އެއީ ކީރިތި ޤުރުއާނާއި އިތުރު އެކަލޭގެފާނުންގެ ޙަދީޡްފުޅުތަކެވެ. ޚުތުބާގައި ބުނީ އެ މާތް ނަބިއްޔާ ދެއްކެވިމަގު އަބަދާއި އަބަދު ހަނދާނަށް ގެނެސް ހަނދާން އައުކޮށް އުޅުމަކީ އިމާންވެގެންތިބި މުއުމިނުން ކުރާންވާނެ ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް