19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އޮސްޓެރޭލިއާ

މެލްބަރންގައި ވަޅި ހަރައި ކާރެއް ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

  • މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އެކެއްގެ ހާލު ސީރިއަސް
  • މި ހާދިސާ ހިނގާފައިވަނީ ގިނަ ބަޔަކު އެއްވެ އުޅޭ މަގެއް ކަމުގައިވާ ބޯރކް ސްޓްރީޓްގައި
  • މި ހާދިސާގައި ފުލުހުންގެ ކިބައިން ފެނުނު ހިތްވަރަށް އެތައް ބަޔަކު ދަނީ ތައުރީފުކުރަމުން

| 9 ނޮވެންބަރު 2018 | ހުކުރު 15:17 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


މެލްބަރންގައި ތިން މީހެއްގެ ގަޔައް ވަޅި ހެރި މީހާ.. -- ބީބީސީ

އޮސްޓްރޭލިއާގެ މެލްބަރންގައި ތިން މީހެއްގެ ގަޔައް ވަޅި ހަރައި، ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުން އެތަނަށް ހާޒިރުވެފައިވާއިރު، ކާރުގައި ރޯކޮށްލުމަށް ފަހު މިމީހާ ހުރީ ވަޅިހިފައިގެން މީހަކަށް ބިރުދައްކަން ކަމުގައި ރިޕޯރޓުތައް ބުނެއެވެ. މި ހާދިސާގައި އަނިޔާ ލިބުނު ތިން މީހުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމުގައި ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ގިނަ ބަޔަކު އެއްވެ އުޅޭ މަގެއް ކަމުގައިވާ ބޯރކް ސްޓްރީޓްގައެވެ. ފުލުހުން އެތަނަށް ހާޒިރުވުމާ އެކު ވަޅި ހިފައިގެން ބިރު ދައްކަމުންދިޔަ މީހާ އާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ. އެގޮތުން އޭނާ ހުއްޓުވަން ފުލުހުން މަސައްކަތްކުރާ ވީޑިއޯއެއް އާންމުވެފައިވާއިރު ފުލުހުން ވަނީ ހަމަލާދިން މީހާ ގަޔައް ބަޑިޖަހައި ވަގުތުން ހައްޔަރުކޮށްފައެވެ.

މި ހާދިސާގައި ފުލުހުންގެ ކިބައިން ފެނުނު ހިތްވަރަށް އެތައް ބަޔަކު މީސް މީޑިއާގައި ތައުރީފުކުރަމުން ދާއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ހާޒިރުވެ ކަންކަން ހަމައަކަށް އަޅުވާފައިވާތީ ގިނަ ބަޔަކު އެ ކަމަށް ވެސް ޝުކުރު އަދާކޮށްފައި ވެއެވެ.

ބޯރކް ސްޓްރީޓްގައި މިފަދަ ކުށްތައް ކުރާ މިންވަރު އިތުރުވެފައި ވާއިރު، މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ އަހަރު ޖޭމްސް ގާރގަސޯލަސް ކިޔާ މީހަކު މަސްތުގެ ހާލަތުގައި ހުރެ މަގުމަތިން ދިޔަ މީހުންތަކެއްގެ ގައިގައި ކާރުން ޖައްސައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގެ އަޑުއެހުންތައް ކުރިޔައްދާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް