16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ފިލިޕިންސްގެ ކުރީގެ ރައީސް

ފިލިޕީންސްގެ ކުރީގެ ރައީސްގެ އަނބިކަބަލުން ހައްޔަރުކުރަން އަމުރު ނެރެފި

  • ހިޔާނާތުގެ ހަތް މައްސަލައެއް ވަނީ ސާބިތު ވެފައި

| 9 ނޮވެންބަރު 2018 | ހުކުރު 13:38 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ފިލިޕީންސްގެ ކުރީގެ ރައީސްގެ އަނބިކަބަލުން އިމެލްޑާ މާކޮސް -- އޭޕީ

ފިލިޕީންސްގެ ކުރީގެ ރައީސް ފާޑިނެންޑް މާކޮސްގެ އަނބިކަބަލުން އިމެލްޑާ މާކޮސަ ހައްޔަރުކުރުމަށް އެގައުމުގެ އެންޓިކޮރަޕްޝަން ކޯޓުން އަމުރު ނެރެފިއެވެ.

އުމުރުން 89 އަހަރުގެ އިމެލްޑާ ހައްޔަރުކުރުމުގެ އަމުރުނެރެފައި ވަނީ މެނީލާގެ ގަވަރުނަރުކަމުގެ މަގާމުގައި ހުރި ދުވަސްވަރު ނަހަމަ ގޮތުގައި އަމިއްލަ ފާއިދާއަށްޓަކައި 200 މިލިއަން ޑޮލަރުގެ ބޭންކް ޓްރާންސްފާގެ އިތުރުން ހިޔާނާތުގެ މައްސަލަތަކެއް އެކަމަނާގެ މައްޗަށް ސާބިތުވެފައި ވާތީއެވެ.

ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާފައި ވަނީ އެކަމަނާގެ އަވަހާރަވެފައިވާ ފިރިކަލުން ފާޑިނެންޑް މާކޯސްގެ ވެރިކަމުގައި 1970 ވަނަ އަހަރުއެވެ.

އެކަމަނާގެ މައްޗަށް ހަތް މައްސަލައެއްގައި ހުކުމްކޮށްފައިވާއިރު، މިއިން ކޮންމެ މައްސަލައެއްގައި ހަ އަހަރާއި 11 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އެހެންނަމަވެސް މި މައްސަލަތައް އިސްތިއުނާފަށް ހުށައެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެސިސްޓެންޓް ޕޮރްސިކިއުޓާ ޖެނެރަލް ވަނީ ހުކުރު ދުވަހު ވިދާޅުވެފައެވެ.

މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި އިމެލްޑާގެ ފަރާތުން އެއްވެސް ބޭފުޅަކު ކޯޓަށް ހާޒިރެއް ނުވެއެވެ. 

މުއްސަނދި ދިރިއުޅުމަށް ލޯބިކުރައްވާ އިމެލްޑާގެ މިލްކިއްޔާތުގައި 10 ބިލިއަން ޑޮލަރު ހުރި ކަމަށް ދަ ގާޑިއަން ނިއުސްއިން ވަނީ ރިޕޯޓްކޮށްފައިއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް