25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:18
މަޣްރިބް 18:18
އިޝާ 19:29

ގުޅިފައިވާ ދެ ކުދިން ވަކިކުރުން

ނާޒުކު އޮޕަރޭޝަނަށް ފަހު ގުޅިފައިވާ އެއްމާބަނޑު ދެ ކުދިން ވަކިކޮށްފި

  • އެއްމާބަނޑު ދެ ކުދިންނަކީ ދެ އަންހެން ކުދިން
ލީވާން އަލީ | MrLeevaan

| 9 ނޮވެންބަރު 2018 | ހުކުރު 12:19 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ގުޅިފައިވާ އެއްމާބަނޑު ދެ ކުދިން ވަކިކުރަން ކުރި އޮޕަރޭޝަންގެ ތެރެއިން -- ޓްވިޓަރ

ބޫޓާންގެ ގުޅިފައިވާ އެއްމާބަނޑު ދެ އަންހެން ކުދިން ނާޒުކު އޮޕަރޭޝަނަކަށް ފަހު ވަކިކޮށްފިއެވެ.

ނިމާ އަދި ޑާވާ ވަކިކުރުމަށް އޮސްޓްރޭލިއާގައި 18 ޑޮކްޓަރުންނާއި، ނަރުހުން ހިމެނޭ ޓީމަކުން ކުރި މި އޮޕަރޭޝަން ކާމިޔާބުކުރިއިރު، އޮޕަރޭޝަން ކާމިޔާބުވާނެ ކަމުގެ އެއްވެސް އުންމީދެއް މީގެ ކުރިން ނެތެވެ.

އޮޕަރޭޝަނަށް 15 މަހުގެ ނިމާ އަދި ޑާވާ އޮސްޓްރޭލިއާ އަށް ގެންދިއުމަށް އެންމެ ބޮޑު ދައުރެއް އަދާކުރީ ބޫޓާންގެ ޕީޑިއާޓްރިކް ސާޖަން ޑރ. ކާމާ ޝުރޭބްއެވެ. އޮޕަރޭޝަން ޓީމުގައި ވެސް ހިމެނޭ ޑރ. ޝުރޭބް އެންމެ ފުރަތަމަ ނިމާ އަދި ޑާވާއާ ބައްދަލުވީ އެ ދެ ކުދިން އުފަންވިތާ އެއް ދުވަސް ފަހުންނެވެ.

ނިމާ އަދި ޑާވާ އުފަންވީ މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ބޫޓާން ރީޖަނަލް ހޮސްޕިޓަލުގައި ކުރިޔަށްދިޔަ ސިޒޭރިޔަންއަކަށް ފަހުއެވެ. ސިޒޭރިއަން ހެދިއިރު އެއްމާބަނޑު ދެ ކުދިން ލިބޭކަން އާއިލާ އަދި ޑޮކްޓަރުންނަށް އެނގުނު ނަމަވެސް އެ ދެ ކުދިން ގުޅިފައިވާ ކަމެއް ނޭގެއެވެ.

 ނިމާ އަދި ޑާވާގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމުނު ނަމަވެސް، އެއް މަސް ވަންދެން އެ ދެ ކުދިން ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައި ތިބެންޖެހެއެވެ.

ނިމާ އަދި ޑާވާގެ އޮޕަރޭޝަނަށް 350،000 ޑޮލަރު ހޭދަވެފައިވާ އިރު، މި ފައިސާ އޮސްޓްރޭލިއާ ސަރުކާރުން ދެއްކުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް