11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ބަންގްލަދޭޝް އިންތިހާބު

ބަންގްލަދޭޝްގެ އިންތިހާބު ޑިސެމްބަރު 23 ގައި

  • އިދިކޮޅުން ނެރޭނެ ކެންޑިޑޭޓެއް އިއުލާން ނުކުރޭ

| 9 ނޮވެންބަރު 2018 | ހުކުރު 10:35 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ބަންގްލަދޭޝްގެ ރައްޔަތުން މަގުމައްޗަށް އެއްވެފައި -- ރޮއިޓަރސް

ބަންގްލަދޭޝްގެ އާންމު އިންތިހާބު ޑިސެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ކުރިޔަށް އޮތް ދައުރަށް ބޮޑުވަޒީރަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ ޑިސެމްބަރު މަހުގެ 23 ގައި ކަމަށް އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ ބުރާސްފަތި ދުވަހު އިއުލާންކޮށްފައެވެ.

ބަންގްލަދޭޝްގެ އިންތިހާބު ބާއްވާ ދުވަސް އިއުލާން ކޮށްފައިވާއިރު، އެގައުމުގެ އިދިކޮޅު ސިޔާސީ ލީޑަރު ހާލިދާ ޒިޔާ ދަނީ ކޮރަޕްޝަންގެ ތުހުމަތު ގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންއެވެ.

ކުރިއަށް އޮތް އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ވެދާނެ ކަމާ މެދު އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދާ، މުޒާހަރާތަކަށް ނިކުންނާނެ ކަމަށް ބުނެފައެވެ.

ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަނަރ ނޫރުލް ހުދާ ވިދާޅުވީ، ސިޔާސީ ލީޑަރުންތަކެއް ހައްޔަރު ކުރެވިފައި ވިޔަސް އިންތިހާބު ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ހަމަ މިއާއެކު މިފަހަރުގެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމުގައި ވެގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައިވާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ އިން ނެރޭނީ ކޮން ކެންޑިޑޭޓެއް ކަމެއް އަދި އެޕާޓީ އިން ހާމަކޮށްފައެއް ނުވެއެވެ.

މިހާރުގެ ބޮޑު ވަޒީރު ޝޭހް ހަސީނާ ދަނީ ދެވަނަ ދައުރަކަށް އިންތިހާބު ވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް