25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ރައީސް މައުމޫން

ރައީސް މައުމޫން ކާނަލް ނާޒިމާ ބައްދަލު ކުރައްވައިފި

  • މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 9 ނޮވެންބަރު 2018 | ހުކުރު 09:38 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ރައީސް މައުމޫންގެ ދެކަނބަލުން ކާނަލް ނާޒިމްގެ ދެކަނބަލުންނާ ބައްދަލު ކުރައްވަނީ -- ޓްވިޓަރ

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރައްވައިފިއެވެ.

ރޭގަނޑުގެ ފަރިއްކޮޅަކާ އެކު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި ނާޒިމްގެ އަނބިކަނބަލުން އަފާފު މުހައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނާޒިމް އާއި ރައީސް މައުމޫނު ވެސް މި ވަގުތު ހުންނެވީ ބޭސް ފަރުވާއަކަށް އާއިލާއާ އެކު މެލޭޝިޔާގައެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މީގެ ތިން އަހަރު ކުރިން ކުރި ހުކުމް ރިވިއުކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުން އެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްތައް ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށް މިހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ

ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލަ ސާބިތުކޮށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާ ނާޒިމްގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. އެ މައްސަލާގައި ނާޒިމްގެ ދިފާއީ ވަކީލުން ބުނެފައި ވަނީ ނާޒިމްގެ މައްޗަށް އެ ހުކުމް ކުރީ އޭނާ ފްރޭމްކޮށްގެން ކަމަށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް