16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

އައްޝައިޚް އިލްޔާސް ހުސެއިން

ޕާޓީ ބަދަލުކުރިޔަސް ކޮރަޕްޝަންގެ މައްސަލަތައް ބެލެން ޖެހޭނެ: ޝައިޚް އިލްޔާސް

  • އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެ
  • އެހެން ނޫންނަމަ ޤައުމަށް ދުވަހަކުވެސް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެ
މިއުވާން މުހައްމަދު | Miuvaan

| 9 ނޮވެންބަރު 2018 | ހުކުރު 04:05 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  8. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ


ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިންމާލުމުގެ ޖަލްސާގައި އިލްޔާސް ރައީސް އިބޫ އަދި ނައިބު ރައީސް ފައިސަލް އާއިއެކު -- ފޮޓޯ: ރާއްޖެ އެމްވީ

ޕާޓީ ބަދަލުކުރި ކަމުގައިވިޔަސް ކޮރަޕްޝަން އަދި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އިންސާފުވެރި ގޮތަކަށް ބެލެން ޖެހޭކަމަށް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ. 

އިންތިޚާބު ކާމިޔާބުކުރި ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ޝައިޚް އިލްޔާސް ބުރާސްފަތި ދުވަހުގެރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެކަމަށެވެ. އަދި އެހެން ނޫންނަމަ ޤައުމަށް ދުވަހަކުވެސް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ. 

ޝައިޚް އިލްޔާސް މިމޭރުމުން ޓްވީޓް ކުރައްވާފައި މިވަނީ ނިމިދިޔަ ސަރުކާރުގައި ތިބި ބައެއް ފަރާތްތަކުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރެއްގައިވެސް މަޤާމު ދިފާޢުކުރުމުގެ ބޭނުމުގައި ނުވަތަ ކޮރަޕްޝަންގެ ތުހުމަތުތަކުން ބަރީޢަވުމަށް ރައީސް ސޯލިޙަށް ތާޢިދުކުރަމުންދާކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ރައީސް ސޯލިޙްވެސް އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާއި ގުޅިފައިވާ އެހެން ޕާޓީތަކުންވެސް ބުނަމުންދަނީ ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވެފައިވާ އެއްވެސް މީހަކާއި ޑީލެއް ނަހަދާނެކަމަށެވެ. އަދި އަދަބު ލިބެން ޖެހޭ އެންމެންނަށްވެސް އަދަބު ލިބޭނެކަމަށް ކެމްޕޭން ތެރޭގައިވެސް ދިޔައީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް