24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ބޮމްބާޑިއާ

ބޮމްބާޑިއާގެ މުވައްޒަފުންގެ އަދަދު މަދުކުރަނީ

  • ބައެއް ވިޔަފާރިތައްވެސް އެކުންފުނިން ދަނީ ވިއްކަމުން
މިއުވާން މުހައްމަދު | Miuvaan

| 9 ނޮވެންބަރު 2018 | ހުކުރު 03:33 | |

މަގުބޫލް

  1. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  2. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  3. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. ވިހަ ބަނގުރަލެއް ބޮއެގެން އައްސާމުގައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ބޮމްބާޑިއާ ފެކްޓްރީއެއްގެ މަތިން މަތިންދާބޯޓެއް އުދުހިފައި ދަނީ -- ރޮއިޓަރސް

މަތިންދާބޯޓު އުފައްދާ ކެނެޑާގެ ބޮމްބާޑިއާ ކުންފުނިން 5 ހާސް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ބޮމްބާޑިއާއަކީ މަތިންދާބޯޓުގެ އިތުރުން ރޭލުވެސް އުފައްދާ ކުންފުންޏެކެވެ. އެކުންފުނިން ބުނީ ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ މައިގަނޑު ގޮތެއްގައި ކެނެޑާގައި މަސައްކަތްކުރާ މުވައްޒަފުންކަމަށެވެ. ބޮމްބާޑިއާއިން ދުނިޔޭގެ 28 ޤައުމެއްގައި 70 ހާހަށްވުރެ ގިނަ މުވައްޒަފުން ގެންގުޅެއެވެ. 

5 ހާހެއްހާ މުވައްޒަފުން އެއްފަހަރާ ވަކިކުރުމުގެ ބަދަލުގައި މުވައްޒަފުންގެ އަދަދު މަދުކުރުމަށް ނިންމާފައިވަނީ ކުރިއަށް އޮތް އަހަރާއި ދޮޅުއަހަރާއި ދެމެދުގެ މުއްދަތެއެއްގައެވެ. މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން މިވަޒީފާތަކުން މީހުން ވަކިކޮށްގެން ކުންފުންޏަށް 250 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެކަމަށް ބޮމްބާޑިއާއިން ބުނެއެވެ. 

ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރިނަމަވެސް މިއަހަރުގެ ތިންވަނަ ކުއާޓަރގައި ބޮމްބާޑިއާ ވަނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރއާއި އަޅާބަލާއިރު ރަނގަޅު ފައިދާއެއް ނެރެފައެވެ. އެގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 267 މިލިއަން ޑޮލަރު އެކުންފުންޏަށް ލިބިފައިވެއެވެ. 

ބޮމްބާޑިއާއިން ވަނީ އެކުންފުނީގެ މައިގަނޑު ވިޔަފާރީގައި ނުހިމެނޭ 2 ވިޔަފާރިއެއް ވިއްކާލަންވެސް ނިންމާފައެވެ. އެގޮތުން 'ކިއު ސީރީޒް'ގެ އެއަރކްރާފްޓް 900 މިލިއަން ޑޮލަރަށް އަދި ޑި ހަވިލަންޑް ޓްރޭޑްމާކް 300 މިލިއަން ޑޮލަރަށް ވިއްކާލަން އެކުންފުނިން ވަނީ ނިންމާފައެވެ. 

ބޮމްބާޑިއާއިން ވަނީ ގެއްލުމުގައި ހިންގަން ޖެހުމުން އެކުންފުނީގެ 'ސީ ސީރީޒް'ގެ މަތިންދާބޯޓު ލައިން މިއަހަރުގެ ކުރީކޮޅު ޔޫރަޕްގެ އެއަރބަސް ކުންފުންޏަށް ވިއްކާލާފައެވެ. އެއަރބަސްއިން މިހާރު އެސީރީޒް ރީބްރޭންޑްކޮށްފައިވަނީ އޭ-220 ގެ ގޮތުގައެވެ. 'ސީ ސީރީޒް' ގެ މަތިންދާބޯޓުތަކުން ބޮމްބާޑިއާއަށް ގެއްލުންވެ، ހަދާނެ ގޮތެއް ނެތިފައި ތިއްބައި 1 ބިލިއަން ޑޮލަރު ދީގެން އެކުންފުނި ސަލާމަތްކުރީ ކެނެޑާގެ ކިއުބެކްގެ ސަރަހައްދީ ސަރުކާރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް