25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ތިނަދޫ ހައުސިން ޔުނިޓުތައް

ތިނަދޫގެ ހައުސިންގ ޔުނިޓުތައް ދޫކުރުން ހުއްޓުވުމަށް ކައުންސިލުން އޭސީސީގައި އެދިއްޖެ

  • އެ ފަދަ އަމުރަކަށް އެދިފައިވަނީ، ވަކި ޕާޓީއެއްގެ މީހުންނަށް މަންފާ ލިބޭގޮތަށް ފްލެޓުތައް ދީފައިވާތީ
އާމިނަތު ނުޒުހާ | nuzu8121

| 8 ނޮވެންބަރު 2018 | ބުރާސްފަތި 23:57 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ތިނަދޫގެ ހައުސިންގ ޔުނިޓްތައް -- ގޫގުލް

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ގދ. ތިނަދޫގައި އަޅާފައިވާ 120 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައި ވަނިކޮށް އެ ފްލެޓުތައް ދޫކުރުން ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އެރަށުގެ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެއެވެ. 
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުގެ ރައީސް، އިބްރާހިމް ޢައްސަދު ވިދާޅުވީ ފްލެޓު ދޫކުރުން ހުއްޓުވުމަށް އެދި ވަގުތީ އަމުރެއް ނެރެދެއްވުމަށް އޭސީސީގައި ކައުންސިލުން އެދިފައިވާނެ ކަމަށެވެ. އަދި އެ ފަދަ ޢަމުރަކަށް އެދިފައި ވަނީ، އަވަސް އަރުވާލައިގެން ވަކި ޕާޓީއަކަށް ނިސްބަތްވާ ފަރާތްތަކަށް މަންފާ ލިބޭގޮތަށް ފްލެޓުތައް ދޫކޮށްފައި ވާތީއާއި، ފްލެޓުތަކަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުރުވުމާއި، އެކަމުގެ ސަބަބުން ޢާންމުންގެ ތެރޭގައި މަޞްލަޙަތު ގެއްލުމުގެ ފުރުސަތު އޮތުމުން ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"މި މަސައްކަތް ވީހާވެސް ބޮޑަށް ދެފުށްފެންނަ އިންސާފުވެރި ގޮތަށް ކުރިއަށް ގެންދިއުމަށާއި އަވަސް އަރުވައިގެން ރިޔާސީ ދައުރު ނިމުމުގެ ކުރިން މި ފްލެޓުތައް ދިނުމަކީ ފްލެޓު ލިބެންޖެހޭ ހައްގުވެރިން އޭގެން މަހުރޫމްވެ، އާންމުންގެ ތެރޭގައި މަސްލަހަތު ގެއްލެން ދިމާވުމަކީ މި ކައުންސިލުން ދިމާވާން ބޭނުންވާ ކަމަކަށް ނުވާތީ، ފްލެޓު ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަށް ހުއްޓުވުމަށް ކައުންސިލުން ބޭނުންވެއެވެ" ކައުންސިލުން އޭސީސީއަށް ފޮނުވި ސިޓީގައި ވެއެވެ.

މީގެ އިތުރުން ވަގުތީ އަމުރެއް ނެރެގެން ނަމަވެސް ފްލެޓު ދޫކުރުން ހުއްޓުވައި އެކަމާ ގުޅިގެން އަންނަ ޝަކުވާތައް ވީހާވެސް މަދުކޮށް އަދި އެންމެ އިންސާފުވެރި ގޮތެއްގައި ފްލެޓު ދޫކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް އޭސީސީގައި އެ ސިޓީގައި އެދިފައެވެ.
މިކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ގދ. ތިނަދޫގައި އަޅާފައިވާ 120 ފްލެޓުތަކުގެ ތެރެއިން ފުލެޓުތަކުގެ އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް 238 ފޯމު ވަނީ ހުށަހަޅާފައެވެ. ސީ ކެޓަގަރީގެ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކަން ހަމަޖައްސާފައިވާ ފްލެޓު ތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް