15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރާއްޖެޓީވީގެ ފަލަ ސުރުހީ

މިފްކޯއާއިގެން އުޅޭނެ ކަމެއް ނެތް، އުޅެންވީ މަސްވެރިންނާއިގެން: އާދިލް

  • އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިވެހި މަސްވެރިކަން ދެން އަރާނީ މާއުހަށްކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 8 ނޮވެންބަރު 2018 | ބުރާސްފަތި 23:55 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


މިފްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް ސަލީމް -- ރާއްޖެއެމްވީ

ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއިގެން އުޅޭނެކަމެއް ނެތް ކަމަށާއި، އުޅެންވީ މަސްވެރިންނާއިގެން ކަމަށް މިފްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ މަސްވެރިން ބާނާ މަސް ކިރުވައި ވަގުތުން ފައިސާވެސް ލިބޭނެ އިންތިޒާމެއް އާ ވެރިކަމުގައި ހަމަޖެހިގެންދާނެކަމަށެވެ.

ދިވެހި މަސްވެރިޔާގެ ދޯނީގައި މަސް ފުރިހަމައަށް ރައްކާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ގޮތް ހެދޭނެ ގޮތެއް އެއީ މަސްވެރިންނަށް މިވަގުތުން މިވަގުތައްވެސް ވަރަށް މުހިއްމު ކަމެއްކަމަށާއި، މަސްވެރިކަން ޕްރައިވްޓް ސެކްޓަރގެ ތެރެއިން ކުރިއެރުވޭނެ ކަމަށެވެ.

އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިވެހި މަސްވެރިކަން ދެން އަރާނީ މާ އުހަށްކަމަށާއި މަސްވެރިން ބާނާ މަހަށް ހަމަ އަގު ރައީސް ސޯލިޙްގެ ވެރިކަމުގައި ހޯދައި ދެއްވާނެކަމަށް އާދިލް ވިދާޅުވިއެވެ.

ދިވެހި މަސްރިޔާ އާއިލާއާއި އެކު ހިންދެމިލާތަން ދެކެން ބޭނުންވާ ކަމަަށާއި، ކޯލިޝަންގެ މެނިފެސްޓޯގައި މަސްވެރިންނަށް ކަންކަން ބައްޓަން ކުރެވިފައި ހުންނާނީ އެގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަސްވަރިކަން ކުރިއެރުވިދާނެ މީހުން މިހާރުވެސް ފިޝަރީޒް މިނިސްޓްރީގައި އެބަތިބި ކަމަށާއި މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އަކީވެސް ވަރަށް ގާބިލު ބޭފުޅެއް ކަމަށެެވެ. އަދި އެ މިނިސްޓްރީގައިވެސް އާ ވެރިކަމުގައިވެސް ބޭނުން ކުރެވިދާނެ ވަރަށް ފުންނާބު އުސް ފަންނީ ބޭފުޅުން މިހާރުވެސް އެބަ ތިއްބެވިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް