15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އިންތިޚާބީ ރައީސް ސޯލިހު

އިންތިޚާބީ ރައީސް ސޯލިހު އުމްރާގެ އަޅުކަން އަދާ ކުރައްވައިފި

  • ރައީސް ސޯލިހުގެ މި އުމްރާ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ އިސްފަރާތްތަކުން ވަނީ އެމަނިކުފާނާއި ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފައި
އަމްނާ އިމާދު | @amnabinthimad

| 8 ނޮވެންބަރު 2018 | ބުރާސްފަތި 22:53 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި



އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރައްވައިފިއެވެ.

އިންތިޚާބީ ރައީސް ސޯލިހު ޢުމްރާގެ އަޅުކަމަށް ސަޢޫދީ އަށް ކުރައްވާ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކާއި، އޮފިޝަލުން ވަނީ އެމަނިކުފާނާއި ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިޙްގެ އަނބިކަނބަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރާއި، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އެމްޑީޕީގެ ޗެއަރޕާސަންގެ ކުރީގެ ނާއިބު އަލީ ޝިޔާމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ސޯލިޙް ވަނީ މިދަތުރުފުޅުގައި މައްކާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާފައެވެ.

ރައީސް ސޯލިހު އުމްރާއަށް ފުރާވަޑައިގެންނެވީ މިމަހުގެ 7 ވަނަ ދުވަހެވެ. އަދި އުމްރާގެ މި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް