15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މާލޭ ގްރޭންޑް

މާލެ ގްރޭންޑް ފްލެޓްތަކުގެ މެއިންޓަނަންސް މަސައްކަތް ނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

  • ލިފްޓްގެ މެއިންޓަނަންސްގެ މަސައްކަތް ނުކުރޭ
  • އިމަރާތުގެ ތިރީގައި ހުރި ފެންގަނޑުގައި މަދިރި އާލާވެ އާންމުންނަށް އެކަމުގެ ތަކުލީފުތައް ޖެހިފައި
އަމްނާ އިމާދު | @amnabinthimad

| 8 ނޮވެންބަރު 2018 | ބުރާސްފަތި 22:12 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


މާލޭ ގްރޭންޑްގައި ފެންއަރުވާ ވަޑާން ހަލާކުވެފައި -- ރާއްޖެއެމްވީ

ކުރިން އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތް ކޮށްފައިވާ މާލެ ގްރޭންޑް ފްލެޓްތަކުގެ މެއިންޓަނަންސް މަސައްކަތް ކުރަމުން ނުދާތީ އެތަނުގައި ދިރިއުޅޭ އާންމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ދެމުން އެފްލެޓްގައި ދިރިއުޅޭ މީހަކު ބުނީ އިމާރާތް ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން އެގޮތަށް ނުކުރާ ކަމަށާއި، ހައުސިންގ މިނިސްޓްރީން އެއިމާރާތުގެ ހާލަތު ބަލާ ނުލާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި މެއިންޓަނަންސްގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކޮށް އެމީހާ ބުނީ ލިފްޓުން ކަރަންޓު ކެނޑި ހުއްޓުނު ނަމަވެސް ލިފްޓްގެ މެއިންޓަނަންސްގެ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އެމީހާ ބުނީ އެއިމަރާތުގެ ތިރީގައި ހުރި ފެންގަނޑުގައި މަދިރި އަޅައި، އެކަމުގެ ތަކުލީފުތައް އެތާގައި ދިރިއުޅޭ އެންމެނަށް ފޯރާފައިވާ ކަމަށެވެ. އަދި މާލެ ގްރޭންޑް ގަސް ހައްދާ ބައިވެސް ސާފު ނުކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

މީގެ އިތުރަށް އެމީހާ ބުނީ އިމާރާތުގައި ހުރި ފަޔަރ އެލާމް ސިސްޓަމް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި، ހާދިސާއެއް ހިނގި ނަމަވެސް އެކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"މިއިމާރާތުގައި އަލިފާނުގެ ހާދިސާއެއް ދަންވަރު ގަޑީގައި ހިނގާފިއްޔާ ނޭނގޭނެ. މިހާރު ރައްކާތެރިއެއް ނޫން މިތާނގަ ދިރިއުޅޭކަށް. މެއިންޓަނަންސް ނުބެލެހެއްޓެންވީ އެއްވެސް ސަބަބެއް ނޭނގެ. އަޅުގަނޑުމެން ހަމަ ހައުސިންގ މިނިސްޓްރީއަށް ދޭންޖެހޭ ފައިސާ ދެން،" އެމީހާ ބުންޏެވެ.

މާލެ ގްރޭންޑް އިމާރާތުގެ މެއިންޓަނަންސްގެ މަސައްކަތް ނުކުރާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ލިފްޓު ކުއްލިއަކަށް ހުއްޓި މީހުން ތާށިވެ ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް