20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ރައީސް ނަޝީދު

އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

 • އެމަނިކުފާނު އައްޑޫއަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހު
 • ވަރަށް ހޫނު މަރުހަބާއެއް އައްޑޫ ސިޓީން ވަނީ ކިޔާފައި
 • މިދަތުރުފުޅުގައި އައްޑޫ ސިޓީ ހުރިހާ ރަށަކަށް ވަޑައިގެންނެވި
އަހުމަދު މުހުސިނު | dhonbandaara

| 8 ނޮވެންބަރު 2018 | ބުރާސްފަތި 21:44 | |

މަގުބޫލް

 1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
 2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
 3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
 4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
 5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
 6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
 7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
 8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ރައީސް ނަޝީދު ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ފައިބާ ވަޑައިގަންނަވަނީ -- އާކައިވް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް މިދިޔަ އަންގާރަ ދުވަހު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބުރާސްފަތި ދުވަހުގެރޭ މާލެ ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ހުކުމް ކުރިފަހުން އޮތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވަގުތު ހޭދަ ކުރައްވާފައެވެ. އަދި ދެ ރަށެއްގައި އެމަނިކުފާނު ވަނީ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އޮފީހެއް ވަނީ އައްޑޫ ސިޓީގައި ހުޅުވައިދެއްވާފައެވެ. އެއޮފީސް ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވިދާޅުވެފައިވަނީ އެއޮފީހުން މައިގަނޑު ގޮތެއްގައި ކުރައްވާނީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތް ކަމަށެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އައްޑޫގައި ބޭއްވި ސާރކް ސަމިޓަށް ތައްޔާރުކުރި ކޮންވެންޝަން ސެންޓަރުގައި މިސަރުކާރުން އަޅަމުންދާ ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލައްވާފައެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ އެސިޓީން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީވެސް ވަނީ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް