26 މާރޗް 2019 | އަންގާރަ | 02 ރޭވަ
19 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:17
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ޖަމާލް ޚަޝޯގީ

ޚަޝޯގީގެ މަރު: ސައުދީ ކޮންސުލްގެ ގެއިން އެސިޑް ފެނިއްޖެ

  • ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައިވަނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު
އަބުދުﷲ މުހައްމަދު | 8Abbo

| 8 ނޮވެންބަރު 2018 | ބުރާސްފަތި 19:49 | |

މަގުބޫލް

  1. އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
  2. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  3. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  4. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  5. ތުޅާދޫ ދާއިރާގެ ކެންޑިޑޭޓަށް ކުރި ތާއިދު ޕީޕީއެމުން އަނބުރާ ގެންގޮސްފި
  6. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  7. ވެލާ ރިސޯޓުގެ ފަރާތުން 43 މިލިއަން ޑޮލަރު ހޯދަން އަމިއްލަ މީހަކު ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު!
  8. ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟


ޚަޝޯގީ މަރާލި ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު -- ގެޓީ އިމޭޖާސް

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސުލް ޖެނެރަލްގެ ގޭގައި ހުރި ވަޅެއްގެ  ތެރެއިން ހައިޑްރޯފްލޮރިކް އެސިޑާއި އިތުރު ކެމިކަލެއް ފެނިފައިވާކަމަށް ތުރުކީގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސްދަރަކުން އަލްޖަޒީރާގައި ބުނެފައިވާކަމަށް އެ އޭޖެންސީން ބުނެފިއެވެ.

އެ މަސްދަރުން ބުނިގޮތުގައި ނޫސްވެރިޔާގެ ހަށިގަނޑުގެ ގުނަންތައް ބުރިބުރި ކުރުމަށްފަހު ކޮންސުލް ޖެނެރަލް މުހައްމަދު އަލް އުތައިބީގެ ގޭގެ ކޮޓަރިއެއްގައިވަނީ އެސިޑަށް އަޅާފައެވެ.

އަލް ޖަޒީރާގެ އެންޑްރޫ ސިމަންސް ބުނެފައިވަނީ ތުރުކީގެ ތަހުގީގު ޓީމުން ކޮންސުލް ޖެނެރަލްގެ ގެކޮޅު ބަލާ ފާސްކޮށްފައިވަނީ ޚަޝޯގީ މަރާލިތާ ދެ ހަފްތާ ފަހުންކަމަށެވެ.

ތުރުކީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ޚަޝޯގީގެ މަރުގެ މައްސަލަ ފޮރުވުމަށް ކޮންސިއުލޭޓްގެ ސްޓާފުންވަނީ ސެކިއުރިޓީ ކެމެރާތައް ހަލާކުކޮށްލާފައެވެ.

ތުރުކީގެ ސަރުކާރަށް ތާއީދުކުރާ ސަބާ ނޫހުން ބުނެފައިވާގޮތުގައި ޚަޝޯގީ މަރާލި ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓްގެ ތެރޭގައި ހުރި ކެމެރާތައް އަވަސް އަރުވާލައިިގެންވަނީ ނައްޓާލާފައެވެ.

ހަމަ އެދުވަހު އިމާރާތުގެ ބޭރުގައި ހުންނަ ޕޮލިސް ބޫތުގައި އިންނަ ކެމެރާ ވެސް ނައްޓާލަން މަސައްކަތް ކޮށްފައިވެއެވެ.

މީގެއިތުރުން ކޮންސިއުލޭޓްގެ މުވައްޒަފަކު އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު، ކޮންސިއުލޭޓްގެ ބޭރުގައި ހުންނަ ޕޮލިސް ޕޯސްޓަށްގޮސް ވީޑިއޯ ސިސްޓަމަށް ވަދެފައިވެއެވެ. އަދި އެ ސިސްޓަމްގައި ޑިޖިޓަލް ލޮކް ކޯޑެއްޖަހައި އެއްވެސް ވީޑިއޯއެއް ނުބެލޭނެ ގޮތްވަނީ ހަދާފައެވެ.

އެ ކެމެރާގެ ވީޑިއޯތަކުގެ ތެރޭގައި ޚަޝޯގީ ކޮންސިއުލޭޓަށް ވަންނަނިކޮށް ހުރި ވިޑިއޯ ވެސް ހިމެނެއެވެ.

ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައިވަނީ ސައުދީ ކޮންސިއުލޭޓަށް ލިއުމެއް ބަލާ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ދަނިކޮށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީން ބުނަމުންދާތާ އެތައް ދުވަހެއްފަހުން ސައުދީއިން އެކަމަށް އެއްބަސްވެފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް