15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ އިން ބީލަން ޕޯޓަލް އާއި ނީލަން ޕޯޓަލް ތައާރަފުކޮށްފި

  • ހިދުމަތްތައް ފަސޭހަ ވެގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 8 ނޮވެންބަރު 2018 | ބުރާސްފަތި 17:27 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ޕޯޓަލް ތައާރަފުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފިނޭންސް މިނިސްޓްރީ

ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ލުއި ފަސޭހަ ކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ބީލަން ޕޯޓަލް އާއި ނީލަން ޕޯޓަލް ތައާރަފުކޮށްފިއެވެ.

ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަންވެރިންނާއި ބީލަމާއި ގުޅޭ މައުލޫމާތު ފަސޭހަކަމާއެކު އެ ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އޮފީސްތަކުން ބީލަމަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ބީލަމަށް ހުޅުވާލެވޭ މަޝްރޫއުތަކުގެ ބީލަމާއި ގުޅޭ އެންމެހައި ލިޔެކިއުންތަކާއި އެ ބީލަންތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ގޮތެއްގައި ދައުލަތުގެ އޮފީސްތަކުން ހިންގުމަށްޓަކައި އެ އޮފީސްތަކަށް ބޭނުންވާ ޕްރޮކިއުމަންޓާއި ގުޅޭ މުހިންމު މައުލޫމާތު އެ ޕޯޓަލް މެދުވެރިކޮށް ފޯރުކޮށް ދެވިގެންދާ ނެއެވެ.

ނީލަން ޕޯޓަލް މެދުވެރިކޮށް މުއައްސަސާތަކުގެ ހަރު މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށާއި އެ ޕޯޓަލްގެ ފުރަތަމަ ފޭސްގައި ދައުލަތުގެ އެއް މުއައްސަސާ އިން އަނެއް މުއައްސަސާ އާއި ދެމެދު ދައުލަތުގެ ހަރު މުދަލާއި ގުޅުންހުރި މުއާމަލާތު ކުރެވި، ދައުލަތުގެ އެއް މުއައްސަސާއަކުން އިތުރަށް ބޭނުންވާ ހަރު މުދަލެއް އެހެން މުއައްސަސާއަކަށް ބޭނުންވޭތޯ ބެލޭނެ ކަމަށް މިނިސްޓްރީން ބުނިއެވެ. އަދި ޕޯޓަލްގެ ދެވަނަ ފޭސްގައި އަހަރު ނިމުމުގެ ކުރިން އާންމުންނަށް ހުޅުވާލެވި ދައުލަތަށް ބޭނުންނުވާ ހަރު މުދާ ނީލަން ކިޔުމަށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވީ އިފްތިތާހު ކުރެވުނު ހިދުމަތްތަކުގެ ސަބަބުން ހާމަކަން ބޮޑު ގޮތެއްގައި ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ދެފުށް ފެންނަ ނިޒާމެއްގެ ދަށުން މަސައްކަތް ކުރެވިގެންދާނެ ކަމަށާއި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށާއި ހިދުމަތްދޭ ފަރާތަށް އެތައް ގުނައެއް ލުއިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ބަނޑޭރި ޕޯޓަލް އިތުރު ދެ ހިދުމަތާއެކު ތައާރަފުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް