25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ތޮލްހަތު އިބްރާހީމް ކަލޭފާނު

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތުވެސް މިނިވަން ކޮށްފި

  • ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ، ހުށަހެޅިފައިވާ މައްސަަލައަށް ވަކި ގޮތެއް ނިމެންދެން ހުކުމް ތަންފީޒު ކުރުން މަޑުޖައްސާ ލުމަށް
  • ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހު
  • ތޮލްހަތު، މިމައްސަލަ ސުޕްރީމް ކޯޓަށް ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ އެއް ވަނަ ދުވަހު
މުހައްމަދު ފަޒީން | phaxyn

| 8 ނޮވެންބަރު 2018 | ބުރާސްފަތި 14:34 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު (މެދުގައި) -- އީޕީއޭ

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 10 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

މި މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓަށް ތޮލްހަތުގެ ފަރާތުން ހުށަހަޅާފައިވާ މަސައްލައަށް ވަކިގޮތެއް ނިމެންދެން ތޮލްހަތުވެސް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު މިވަނީ ލިބިގެން ގޮސްފައެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރުގައި ވަނީ ކްރިމިނަލް ކޯޓުން ތޮލްހަތު ޖަލަށްލުމަށް ކުރިހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ، ތޮލްހަތުގެ ފަރާތުން ހައިކޯޓުގެ ނިންމުން މީގެކުރިން ސުޕްރީމް ކޯޓަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު ސުޕްރީމް ކޯޓުން އެމައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދިނުމަށް ތޮލްހަތުގެ ފަރާތުން  މިމަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުގައި އެދިފައިވާ ކަށެވެ.

ތޮލްހަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ވަކި ގޮތެއް ސުޕްރީމް ކޯޓުން ކަނޑައަޅެންދެން، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އެއަމުރުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ތޮލްހަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި، އެހުކުމް ތަންފީޒު ކުރުމުގެ ގޮތުން ތޮލްހަތު އާމެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ.

ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އެ ހުކުމް ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމުގެ ދައުވާ ސާބިތުވުމުންނެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރުމުން، ހައިކޯޓުންވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެ ހުކުމަށް ތާއީދުވެސް ކޮށްފައެވެ.

ތޮލްހަތުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވީނަމަވެސް، ފާއިތުވި ދެ އަހަރު ތޮލްހަތު ހުންނެވީ ގޭބަންދުގައެވެ. އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާ ހުންނެވި ޖަލު ގޮޅި މަރާމާތުކޮށް ނުނިމޭތީ ކަމަށް ކަރެކްޝަނުން ދާދިފަހުން ވަނީ ބުނެފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް