25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ޖިންސީ ފުރައްސާރަ

ކެބިނެޓް މިނިސްޓަރަކު މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތައް ފެންމަތިވެއްޖެ

  • ޖިންސީ ފުރައްސާރަކޮށްފައި ވަނީ ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކެއްގައި
  • ތުހުމަތު ކުރެވޭ މިނިސްޓަރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 8 ނޮވެންބަރު 2018 | ބުރާސްފަތި 14:07 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  4. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  5. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  6. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  7. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
  8. ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި


ޖިންސީ ފުރައްސާރައިގެ ޝިކާރައަށް ތިން މުވައްޒަފުން -- ފޮޓޯ: ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ ކެބިނެޓް މިނިސްޓަރެއް އެ ވުޒާރާގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

 ސޯޝަލް މީޑީއާގައި މިވާހަކަތައް ފެތުރިފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ގިނަ ބަޔަކު ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އެ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބަލަން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ.

ކުރީގެ ފޮރިންގ މިނިސްޓަރ ދުންޔާ މައުމޫން ވެސް ވަނީ ޖިންސީ ފުރައްސާރަތަކާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

މިވާހަކަތައް ހާމަކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ޓްވިޓާ އެކައުންޓެއް މެދުވެރިކޮށެވެ. "އެލިސް" ނަމަކަށް ކިޔާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓުތަކުގައި ވަނީ ތުހުމަތު ކުރެވޭ މިނިސްޓަރު ނިސްބަތްވާ މިނިސްޓްރީގެ ތިން މުވައްޒަފަކަށް އެކި ފަހަރުމަތިން ފުރައްސާރަކޮށްފައިވާ ކަން ހާމަކޮށްފައެވެ.

އެގޮތުން އެ މިނިސްޓަރާ ގުޅިގެން އެފަދަ ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެން ވެސް މިނިސްޓްރީގެ މަސައްކަތްތަކުގައި އުޅުމުގެ ފުރުސަތު އެ މިނިސްޓަރަށް ދިން ކަމަށް ބުނެފައިވެއެވެ.

މިފަދަ ފުރަތަމަ މައްސަލަ އެވުޒާރާގެ ޖިންސީ ފުރައްސާރަ އާއި ގުޅިގެން ޝަކުވާ ހުށަހަޅާ ކޮމިޓީއަށް ހުށަހަޅާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ. މި ތުހުމަތުތައް ފެންމަތި ކުރި ތިން މުވައްޒަފުންނަށް މިނިސްޓްރީގެ އެހެން ވެރިންގެ ފަރާތުން އެއްބާރުލުން ނުލިބި، އިތުރަށް ފުރައްސާރަކޮށް، ބަދުނާމު ކުރަމުންދިޔަ ކަމަށް ބުނެފައިއެވެ.

މި މިނިސްޓަރަކީ ބައިނަލްއަގްވާމީ، އެކި ޕްލެޓްފޯމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާ މިނިސްޓަރެއް ކަމަށާއި އެ މިނިސްޓަރު ނިސްބަތްވާ މިނިސްޓްރީން އެއްވެސް ފިޔަވަޅެއް މިކަމާ ނުނަގާ ކަމަށް ބުނެފައިވެއެވެ.

ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި ފުރަތަމަ މުވައްޒަކަށް އެކަން ކުރިމަތިވެފައި ވަނީ ސަރުކާރުގެ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ. އެގޮތުން މިނިސްޓަރުގެ އެދިވަޑާއިގަތުމަށް މިނިސްޓަރު އުޅުއްވާ ހަ ވަނަ ފަންގިފިލާއަށް ދިއުމުން އެންމެ ފުރަތަމަ ސަލާމް ކުރި ކަމަށް ބުނެފައި ވެއެވެ.  އެއަށް ފަހު ފޮޓޯއެއް ނެގުމަށް ފަހު، އޭނާ އަށް ޖިންސީ ގޮތުން އަނިޔާކުރި ކަމަށް ބުނެފައި ވެއެވެ.

ޖިންސީ ފުރައްސާރަކޮށްފައިވާ ދެވަނަ މުވައްޒަފަކީ މިނިސްޓަރުގެ ޕަރސަނަލް ސެކްރެޓަރީ ކަމަށާއި އެކަމާ ދެކޮޅަށް ދެތުވެ ވާހަކަދެއްކުމުން އެ މިނިސްޓްރީގެ އިސް މުވައްޒަފުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުނު ކަމަށް ބުނެފައި ވެއެވެ.

ތިން ވަނަ މުވައްޒަފަކީ މިނިސްޓްރީގެ ފަރާތުން ބޭރު ގައުމެއްގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށާއި އެހެން ނަމަވެސް ފަހުން މިނިސްޓަރުގެ ބިއުރޯއަށް ބަދަލުކޮށް، އޭނާ އަށް ވެސް އެފަދަ ފުރައްސާރަތަކެއް މިނިސްޓަރުގެ ފަރާތުން ކުރިމަތިވެފައިވާ ކަމަށް ޓްވިޓާގައި އެ މައުލޫމާތުތައް ހާމަކޮށްފައިވާ އެކައުންޓުގައި ބުނެފައި ވެއެވެ. މި މުވައްޒަފުންގެ ތެރެއިން އަދިވެސް އެއް މުވައްޒަފަކު މިނިސްޓްރީގައި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިނިސްޓަރު ނިސްބަތްވާ މިނިސްޓްރީގެ ސެކްޝުއަލް ހެރޭސްމެންޓް ކޮމިޓީއަށް މިކަން ރިޕޯޓްކޮށްފައިވާ އިރު އެކޮމިޓީގެ މެންބަރުން ވެސް "އެމީހެއްގެ އިއްފަތްތެރިކަން ރައްކާތެރި ކުރާނީ އެ މީހަކު ކަމަށް" ބުނެ ޖިންސީ ފުރައްސާއިގެ ޝިކާރައަކަށް ވެފައިވާ މުވައްޒަފުން ކުށްވެރި ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

މި މައުލޫމާތުތައް ހާމަކުރުމަށް ފަހު އޭގެ ދުވަސްތަކެއް ފަހުން މިނިސްޓަރުގެ ނަން ވެސް އެ އެކައުންޓުން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅޭ ގޮތުން ތުހުމަތު ކުރެވޭ މިނިސްޓަރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. 

އޮފީސް މާހައުލާއި މަސައްކަތުގެ ދާއިރާގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފެންމަތިވެ މުޅި ދުނިޔޭގައި އެކަމާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. އެ ގޮތުން ހޮލީވުޑާއި ބޮލީވޫޑްގެ އިތުރުން މީޑިއާގައި މަސައްކަތްކުރާ ތަފާތު ފަރާތްތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ "MeToo#"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އަދި އެފަދަ ފަރާތްތަކުގެ ނަންތައް އާންމުކޮށް ފިޔަވަޅު އަޅައި މައްސަލަތައް ބެލުމަށް ގޮވާލަމުންދާ އިރު ބައެއް ފަރާތްތަކާ ދެކޮޅަށް ވަނީ ފިޔަވޅު ވެސް އަޅާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮބާހީވޭ!

5 މަސް ކުރިން

ތިޔާބުނާ މިނިސްޓަރަކީ ބޮޑާކިބުރުވެރިކަމުގެ ލާމަސީލެއް! އެކުގާ ކިޔަވަން އުޅުނު މީހުންނަށްވެސް މަލާމާތްކޮށްލާފައި ބުނާ ކަމަށްވަނީ "ޔޫ ވިލް ނޮޓް ޗޭންޖް. ދަޓްސްވައި ޔޫ އާރ އެޓް ސެކަންޑް ކްލާސް. ނޮޓް ލައިކް އަސް." މިހެން. ވަރަށް ރީތިފުޅުވެއްޖެ ދެއްތޯ؟ ވައިޖެހޭ އަތަކަށް ގަދަޔަށް ދުއްވަވާ! ދެންވެސް. ލޮލް!

1
0
ހުސެން

5 މަސް ކުރިން

މިމައްސަލަ އެޕްރިލްމަހު ފެންމަތިވުމުން އެމުއައްޒަފު ރައީސް އޮފީހައް ގެންގޮސް ބަޔާންނެގި ކަމުގައާއި މިކަމުގައި އަނިލް އާއި އާޒިމާ އުޅުއްވިކަމަށް އަޑުއިވިފައިވެއެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

1
0