15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރާއްޖޭގެ މަސްވެރިކަން

ވެލިދޫގެ ފަޅުތެރެއަށް ކަޅުބިލަ މަސް އައިނެއް ވަދެއްޖެ

  • މަސްއަ އިން ވަދެފައި ވަނީ ބުދަ ދުވަހުގެ ހެނދުނު
  • ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަސްއައިން ބެލުމަށް ޖަމާވެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 ނޮވެންބަރު 2018 | ބުރާސްފަތި 12:16 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ވެލިދޫ ފަޅުތެރެއަށް ވަދެފައިވާ ކަޅުބިލަ މަސްއައިނު -- ވެލިދޫ ކައުންސިލް

ނ. ވެލިދޫ ފަޅުތެރެއަށް ކަޅުބިލަ މަސް އައިނެއް ވަދެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސައިން ވިދާޅުވީ އެ މަސްއައިން ފަޅުތެރެއަށް ވަދެފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:30 ހާއިރު ކަމަށެވެ.

ގިނަ އަދަދެއްގެ ރައްޔިތުން މަސްއައިން ބެލުމަށްޓަކައި ބަނަދަރު ސަރަހައްދަށް ޖަމާވި ކަމަށް އަސްމާ ވިދާޅުވިއެވެ. އަދި ދޮށި ބޭނުންކޮށްގެން މަސްތައް ބޭނުމަށް މަސްވެރިން ގާތްގަނޑަކަށް 4 ގަޑިއިރެއް ހާއިރު ހޭދަކުރި ކަމަށާއި ބޭނި މަސްތައް ވެލިދޫގެ ގޭގެއަށް ބަހާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މިއަދު ވެސް އެ މަސް އައިނުގެ ބައެއް މަސްތައް ފަޅުތެރޭގައި ބޭރު ނުވެ އުޅޭ ކަމަށް އަސްމާ ވިދާޅުވިއެވެ.

ވެލިދޫގެ ފަޅިތެރެއަށް ބޮޑު މަސްއަ އިނެއް ވަދެފައިވއިރު މާކަނޑުގައި އުޅޭ ކަޅުބިލަ މަސް ވަރަށް މަދު ފަހަރެއްގައި ނޫނީ ފަޅުތެރެއަކަށް ނުވަންނާނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް