15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ރެއާލް މޮޅުވިއިރު، ރޯމާ އަށް ހަނި މޮޅެއް

  • ވިކްޓޯރިއާ ޕްލެޒެން އަތުން ރެއާލް މޮޅުވީ 0-5 ގެ ނަތީޖާއަކުން
  • ސީއެސްކޭއޭ މޮސްކޯ އަތުން ރޯމާ މޮޅުވީ 1-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 8 ނޮވެންބަރު 2018 | ބުރާސްފަތި 11:24 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ޓްވިޓަރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ރެއާލް މެޑްރިޑް މޮޅުވިއިރު، ރޯމާ ހަނި މޮޅެއް ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ވިކްޓޯރިއާ ޕްލެޒެންއާ ވާދަކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ވިކްޓޯރިއާ ޕްލެޒެން ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން 23 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާއެވެ.

މި ލަނޑަށް ފަހު ވެސް ރެއާލް އިން ދިޔައީ ވިކްޓޯރިއާ ޕްލެޒެންގެ ހާފަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން 23 ވަނަ މިނެޓުގައި ކަސެމީރޯ ކާމިޔާބުކުރި ލަނޑު އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ރެއާލްގެ ތިންވަނަ ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބެންޒެމާއެވެ. މިއީ ބެންޒެމާ ރެއާލް އަށް ކާމިޔާބުކޮށްދިނީ 200 ވަނަ ލަނޑެވެ. އޭގެ ތިން މިނެޓު ފަހުން ގެރެތް ބޭލް ވަނީ ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-4 ގެ ނަތީޖާއިން ވިކްޓޯރިއާ ޕްލެޒެންގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލްއެވެ. އެގޮތުން އެޓީމުން ވަނީ މި ހާފްގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ރެއާލްގެ ފަސްވަނަ ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޓޯނީ ކްރޫޒްއެވެ. މި ލަނޑަށް ފަހު ވެސް ރެއާލް އަށް ވަނީ ލީޑު އިތުރަށް ފުޅާ ކުރުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާ އެކު ރެއާލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވިކްޓޯރިއާ ޕްލެޒެން އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ރޯމާ މޮޅުވީ ސީއެސްކޭއޭ މޮސްކޯއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

މޮސްކޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި ރޯމާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޮނަލަސްއެވެ.

މި ލަނޑަށް ފަހު ވެސް ރޯމާ އަށް ވަނީ ފުރަތަމަ ހާފްގައި ލީޑު ފުޅާކުރުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މި ހާފްގައި މޮސްކޯ އަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

ފުރަތަމަ ހާފް ނިމުނީ މޮނަލަސްގެ ލަނޑުން މޮސްކޯގެ މައްޗަށް ރޯމާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މޮސްކޯ އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 50 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސިގަޑްސަންއެވެ.

އެހެންނަމަވެސް 56 ވަނަ މިނެޓުގައި މޮސްކޯގެ މަގުންސަން އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން އެޓީމަށް ދަތިތަކާ ކުރިމަތިވިއެވެ.

އޭގެ ފައިދާ ނަގާ ރޯމާ އިން ލީޑު އަނބުރާ ހޯދީ 59 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބޮށްދިނީ ޕެލެގްރީއެވެ. މި ލަނޑަށްފަހުވެސް ރޯމާއަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

މި ނަތީޖާއާއެކު ރޯމާ އޮތީ ރެއާލްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ދެވަނައިގައެވެ. ރޯމާ އަށް ދެވަނަ ލިބެނީ ހެޑްޓު ހެޑަށް ބެލުމަށްފަހުއެވެ. މެޗުން ބަލިވި މޮސްކޯ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް