20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ދިވެހި ފިލްމް އިންޑަސްޓްރީ

'މާމުއި'ގެ ޝޫޓިންތައް ނިންމާލައިފި

  • މި ފިލްމްގެ ޝޫޓިންތައް ނިންމާފައިވަނީ ބުދަ ދުވަހު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 ނޮވެންބަރު 2018 | ބުރާސްފަތި 10:38 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


'މާމުއި'ގެ ޕޯސްޓަރު -- ފޭސްބުކް

ޑާކްރެއިން އެންޓަޓައިންމަންޓުން އުފައްދަމުން އަންނަ ފިލްމް "މާމުއި"ގެ ޝޫޓިންތައް ނިންމާލަފައިވާ ކަމަށް ފިލްމްގެ ޑައިރެކްޓަރ މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން މޮގާ ބުނީ ފިލްމްގެ ޝޫޓިންތައް އެއްކޮށް ނިންމާލެވިފައި ވަނީ ބުދަ ދުވަހު ކަމަށެވެ.

މި ފިލްމްގެ ޝޫޓިންތައް ނަގާފައި ވަނީ މާލޭގެ އިތުރުން ހުޅުމާލެ، ހުޅުލެ، ވިލިނގިލީ އަދި ތިލަފުށީގައި ކަމަށް ޑާކްރެއިން އެންޓަޓެއިންމަންޓުން މައުލޫމާތު ދެއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ކުރިން ވެސް މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީޚް ކަމަށްވާ އަންނަ އަހަރުގެ އެޕްރީލް މަހުގެ 01 ވަނަ ދުވަހު އެވެ.

މި ފިލްމަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ތަފާތު ފިލްމެއް ކަމަށް މޮގަރ ބުންޏެވެ.

"މާމުއި"ގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ ގެ އިތުރުން އަލީ ޝަޒްލީމްއެވެ.

މީގެ އިތުރުން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެން ދާނެ ކަމަށް މޮގާރ ވަނީ ބުނެފައެވެ.

މި ފިލްމްގެ ޝޫޓިންތައް ދިޔަ ގޮތާއި ދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ ކަމަށް މޮގާ ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް