19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ބޮލީވުޑް

ދިޕިކާ އާއި ކުރީގެ ލޯބިވެރިޔާ ރަންބީރު އެކުގައި

  • މި ދެތަރިން އެކުގައި ވަނީ ތިން ފިލްމެއްގައި މަސައްކަތް ކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 ނޮވެންބަރު 2018 | ބުރާސްފަތި 09:39 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ދީޕިކާ ޕަދުކޯން އާއި ރަންބީރު ސިންގް -- ޒީ ނިއުސް

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރު އެކުގައި ކުޅެފައިވާ ފިލްމްތަކަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އަދި އެ ދެ ރަތިންގެ ކެމިސްޓްރީ ދިމާވާކަމަށް ގިނަ ފޭނުން ގަބޫލު ކުރެއެވެ.

މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މި ދެ ތަރިން ބްރޭކަޕްވުމަށް ފަހު ވެސް މި ދެ މީހުންގެ ދެމެދުގައި ރަހުމަތްތެރިކަން އޮވެއެވެ. 

މި ދެ ތަރިން އެކުގައި އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ނިންމާފައިވާކަން އަނެއްކާ ވެސް މިވަނީ ހާމަކޮށްފައެވެ. ކޮންމެ އަކަސް މި ފަހަރު މި ދެތަރިން އެކުގައި ފެނިގެން މި ދަނީ ފީޗަރ ފިލްމަކުން ނޫނެވެ. މި ދެ ތަރިން އެކީގައި މަސައްކަތްކުރަން ނިންމާފައި ވަނީ ބްރޭންޑެއް އިޝްތިހާރު ކުރުމަށެވެ.

މި ދެ ތަރިން މީގެ ކުރިން އެކުގައި ވަނީ  ތިން ފިލްމެއް ކުޅެފައެވެ. އެގޮތުން އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ 2015 ގެ "ތަމާޝާ" އެވެ. ނަމަވެސް ރަންބީރާއި ދީޕިކާ އެކުގައި ކުޅުނު އެންމެ ކާމިޔާބު ފިލްމަކީ 2013 ގައި ރިލީޒް ކުރި "ޔެ ޖަވާނީ ހެ ދީވާނީ" އެވެ. މީގެ އިތުރުން މި  ދެތަރިން އެކުގައި ފެނިގެން ގޮސްފައި ވަނީ "ބަޗްނާ އެ ހަސީނޯ" އިންނެވެ.

ޚަބަރުތައް ބުނާ ގޮތުން ދެ ތަރިން އެކުގައި އަލުން ފިލްމަކުން ފެނުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެއީ ރަންބީރު ކުޅެން ސޮއިކޮށްފައިވާ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމުގެ ބަތަލާއަކަށް ދީޕިކާ ހަމަޖެއްސުމަށް ވާހަކަ ދެކެވިފައިވާތީ އެވެ.

ދީޕީކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޕަދްމާވަތު" އިންނެވެ. އަދި ދީޕިކާ މިހާރު ވަނީ މޭގްނާ ގުލްޒާރު ލިޔެ ޑައިރެކްޓް ކުރާ ފިލްމެއް ކުޅެން ސޮއިކޮށްފައެވެ. އެ ފިލްމު ކޯ ޕްރޮޑިއުސަރަކީ ވެސް ދީޕިކާއެވެ. އެ ފިލްމަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ތައްޔަރުކުރާ ބައޯޕިކް އެކެވެ.

 ރަންބީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓްއާ އެކު "ބްރަމާސްތްރާ" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް