15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެފްއޭ ކަޕް

އެފްއޭ ކަޕް ވެސް ނުބާއްވަން އެފްއޭއެމުން ނިންމައިފި

  • ނިއުރޭޑިއަންޓުން ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައި
  • އެފްއޭ ކަޕް ނުބާއްވަން ނިންމީ ސީޒަން ލަސްވަމުންދާތީ ކަމަށް ބުނެ
ލީވާން އަލީ | MrLeevaan

| 8 ނޮވެންބަރު 2018 | ބުރާސްފަތި 08:13 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ނިއުރޭޑިއަންޓުން 2017 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރުން -- މިހާރު

މި ސީޒަނުގައި އެފްއޭ ކަޕްވެސް ނުބާއްވަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ފުޓުބޯޅަ ސީޒަން އެކި ސަބަބުތަކާހުރެ ލަސްވަމުންދާތީ އެފްއޭ ކަޕް ނުބާއްވަން ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް ސީޒަން ލަސްވަމުން ދަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެފްއޭއެމުން ހާމަކޮށްފައެއް ނުވެއެވެ.

އެފްއޭއެމުން ބުނީ މި ނިންމުމާއެކު އޭއެފްސީ ކަޕްގައި ކުޅޭ ޓީމަކީ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަން ޓީމު ކަމަށާއި، އޭއެފްސީ ކަޕްގެ ޕްލޭ އޮފްގައި ކުޅޭނީ ދިރާގު ދިވެހި ލީގުގެ ދެވަނަ ޓީމު ކަމަށެވެ.

އޭއެފްސީ ކަޕުގެ ޕްލޭ އޮފް އިން މީގެކުރިން ޖާގަ ދެމުން އައީ އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. އެހެންނަމަވެސް އެފްއޭ ކަޕް ނުބާއްވާނަމަ ނުވަތަ ލީގުގެ ޗެމްޕިއަން ޓީމު އެފްއޭ ކަޕް ކާމިޔާބުކޮށްފިނަމަ ޕްލޭއޮފްގެ ޖާގަ މީގެ ކުރިންވެސް ދެމުން އައީ ލީގުގެ ދެވަނަ ޓީމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އެފްއޭ ކަޕް ބާއްވާފައިވަނީ 1998 ވަނަ އަހަރެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް މި މުބާރާތް ބާއްވަމުން އައިސްފައިވާއިރު، މުބާރާތް ނުބޭއްވި މެދުކެނޑުނީ 2015 ވަނަ އަހަރު އެކަނިއެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވަނީ މިދިޔަ އަހަރުގެވެސް ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެޓީމުން ވަނީ މުބާރާތް 12 ފަހަރު ކާމިޔާބުކޮށްފައެވެ.

ނިއު އިން މުބާރާތް 12 ފަހަރު ކާމިޔާބުކޮށްފައިވާއިރު، ކްލަބް ވެލެންސިއާ އިން ވަނީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ވީބީ އައްޑޫ އެފްސީ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު، ކްލަބް ލެގޫންސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ މި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައެވެ.

މި އަހަރު ސީޒަން ހުޅުވާ ޗެރިޓީ ޝިލްޑް މެޗު ކުޅެފައި ނުވާއިރު، އެފްއޭއެމުން ވަނީ ފަހުވަގުތު ޕްރެޒިޑެންޓްސް ކަޕްވެސް މި ސީޒަނުގައި ނުބާއްވާ ގޮތަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް