15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޖެފް ސެޝަންސް

އެމެރިކާގެ އެޓަރނީ ޖެނެރަލް ޖެފް ސެޝަން އިސްތިއުފާ ދެއްވައިފި

  • ރައީސް ޓްރަމްޕްވަނީ އެ މަގާމަށް ވަރަށް އަވަހަށް ބޭފުޅަކު ހޮއްވަވާނެކަމަށް ވިދާޅުވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 8 ނޮވެންބަރު 2018 | ބުރާސްފަތި 01:31 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


އެޓަރނީ ޖެނެރަލްގެ މަގާމުން ޖެފް ސެޝަން އިސްތިއުފާދެއްވީ ބުދަ ދުވަހު -- ފްރާންސް 24

އެމެރިކާގެ އެޓަރނީ ޖެނެރަލް ޖެފް ސެޝަން އިސްތިއުފާދެއްވައިފިއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު އިސްތިއުފާ ދެއްވުމަން ނިންމެވިކަން އެންގެވި ސިޓީ ބުދަ ދުވަހު ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ފޮނުއްވާފައެވެ.

"އަޅުގަނޑުމެން އެޓަރނީ ޖެނެރަލް ޖެފް ސެޝަން ކޮށްދެއްވި ޚިދުމަތަށް އެމަނިކުފާނަށް ޝުކުރު ދަންނަވަން އަދި އެމަނިކުފާނަށް ހެޔޮގޮތްތަށް އެދެން" އެ މަގާމަށް ވަރަށް އަވަހަށް ބޭފުޅަކު ހޮއްވަވާނެކަންވެސް އިއުލާނުކުރައްވައި ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޓްރަމްޕް ވިދާޅުވީ އައު ބޭފުޅަކު އައްޔަން ކުރެވެންދެން ސެޝަންގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި ޖީ ވިޓެކަރ އެކްޓިންގ އެޓަރނީ ޖެނެރަލްކަމަށް ވަޑައިގަންނަވާނެކަމަށެވެ.

ސެޝަންގެ އިސްތިއުފާގެ ސިޓީގެ ކޮޕީތައް އެމެރިކާގެ މީޑިއާގައި ފުޅާދާއިރާއެއްގައި ދައުރުވެފައިވެއެވެ.

އެ ސިޓީގައި ސެޝަން ވިދާޅުވެފައިވަނީ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތުގައި އުޅުއްވެވުނުކަމީ ޝަރަފެއްކަމަށެވެ.

އަދި އޭގެ ތެރެއިން އިމިގްރޭޝަން ކަންކަން ތަންފީޒުކުރުމަށް އެ މުއައްސަަސާއިން ކުރަން ޖެހޭ ކަންކަން ކުރެއްވިއްޖެކަމަށްވަނީ ވިދާޅުވެފައެވެ.

ސެޝަންއަކީ ރެފިއުޖީން އެގައުމަށް ވަނުން މަނާކުރުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ އެޖެންޑާ ތަންފީޒުކުރެއްވުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާ އެއް ފަރާތެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް