26 މާރޗް 2019 | އަންގާރަ | 02 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ބޮލީވުޑް

ކަންގަނާ އުފަން ރަށުގައި ދިވާލީ ފާހަގަ ކުރަނީ

  • ކަންގަނާ ވަނީ އޭނާ އާއިލާއާއި އެކު ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ނޮވެންބަރު 2018 | ބުދަ 23:42 | |

މަގުބޫލް

  1. އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
  2. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  3. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  4. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  5. ތުޅާދޫ ދާއިރާގެ ކެންޑިޑޭޓަށް ކުރި ތާއިދު ޕީޕީއެމުން އަނބުރާ ގެންގޮސްފި
  6. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  7. ވެލާ ރިސޯޓުގެ ފަރާތުން 43 މިލިއަން ޑޮލަރު ހޯދަން އަމިއްލަ މީހަކު ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު!
  8. ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟


ކަންގަނާ ރަނައުތް -- ގެޓީ އިމޭޖާސް

ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމުގައިވާ ކަންގަނާ ރަނައުތު އޭނާގެ އުފަންރަށް މަނާލީގައި އާއިލާ އާއި އެކު ދިވާލީ ފާގަހަކުރަން ފަށައިފި އެވެ.

ކަންގަނާ ވަނީ މިދިޔަ އަންގާރަ ދުވަހު އޭނާގެ އާއިލާ އާއި އެކު ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯތަކުގައި ކަންގަނާ ފެނިގެންދަނީ އޭނާގެ ދެބެއިން ކަމަށްވާ ރަންގޯލީ ޗާންދެލް އާއި އަކްޝިތު ރަނައުތު އާއި އެކު ސްނޯ މަތީގައި މަޖާކުރަމުން ދަނިކޮށެވެ. މީގެ އިތުރުން އޭނާގެ ނެފިއު ޕްރިތްވީ ރާޖްގެ ކޮނޑުމައްޗަށް ލައިގެން މަޖާކުރާ ފޮޓޯތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

"މިފަހަރުގެ ދިވާލީ އަހަރެންގެ މުޅި އާއިލާ ފާހަގަ ކުރާނީ އެކުގައި. އަހަރެންގެ ބޭބެ އޭނާގެ ލޯބިވެރިޔާ އާއިލާއަށް ތަޢާރަފް ކޮށްދީ އެ މީހުންގެ ގުޅުން އޮފިޝަލް ކުރުމަށް ވަނީ ހަމަޖެހިފައި. އެހެންވެ އަހަރުމެން ބޭނުން ވަނީ މި ޚާއްސަ ދުވަހުގައި އެކުގައި ވަގުތު ހޭދަކުރުމަށް،" ކަންގަނާ ވަނީ ބުނެފައެވެ.

ތިން ދުވަހުގެ މި ފެސްޓިވަލް ނިމުމަށްފަހު އަންނަން އޮތް އޭނާގެ ފިލްމް "މަނިކަރްނިކާ ދަ ކްއީން އޮފް ޖާންސީ"ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން "ޕަންގާ" ގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފއެވެ. މި ފިލްމްގެ ޝޫޓިންތައް ޝެޑިއުލް ކޮށްފައި ވަނީ 25 ދަވަހަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް