26 މާރޗް 2019 | އަންގާރަ | 02 ރޭވަ
19 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:17
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

މާރާމާރީ ހިންގުން

މާމިގިލީ ކައުންސިލްގެ ނާއިބް ރައީސް އަށް ހަމަލާދީފި

  • ޝިހާމްއަށް ހަމަލާ ދިނީ އަންގާރަ ދުވަހުގެ ރޭ 10:30 ހާއިރު
އަމްނާ އިމާދު | @amnabinthimad

| 7 ނޮވެންބަރު 2018 | ބުދަ 23:40 | |

މަގުބޫލް

  1. އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
  2. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  3. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  4. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  5. ތުޅާދޫ ދާއިރާގެ ކެންޑިޑޭޓަށް ކުރި ތާއިދު ޕީޕީއެމުން އަނބުރާ ގެންގޮސްފި
  6. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  7. ވެލާ ރިސޯޓުގެ ފަރާތުން 43 މިލިއަން ޑޮލަރު ހޯދަން އަމިއްލަ މީހަކު ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު!
  8. ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟


މާމިގިލީގެ ކައުންސިލްގެ ނާއިބް ރައީސް ޝިހާމް -- އާކައިވް

އދ. މާމިގިލީ ކައުންސިލްގެ ނާއިބް ރައީސް ޝިހާމް މުހައްމަދަށް ބަޔަކު ހަމަލާދީ މާރާމާރި ހިންގައިފިއެވެ.

ޝިހާމްގެ އެކުވެރިޔަކު ރާއްޖެއެމްވީ އަށް ކިޔައިދިން ގޮތުގައި ޝިހާމްއަށް ހަމަލާ ދިނީ އަންގާރަ ދުވަހުގެ ރޭ 10:30 ހާއިރު އެވެ. ހަމަލާދިނީ ސައިކަލުގައި ދަނިކޮށް ކަމަށާއި، ބަޔަކު އައިސް ހަމަލާދީފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ސީރިއެސް އަނިޔާއެއް ނުލިބޭ. ޝިހާމްއަކީ ރަށު މީހެއް ނޫން. ރަށު މީހަކާއި އިނދެގެން އައިސް މިރަށުގައި ދިރިއުޅެނީ. އެކަމު ދެން އެހެން ހަމަލާދީ އިންޒާރު ދެންޏާ ބިރުގަނެ ޖެހިލުންވާނެ،" އެމީހާ ބުންޏެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޝިހާމްގެ އެކުވެރިޔާ ބުނީ ދެތިން މަސް ކުރިން ފެށިގެން ޝިހާމްއަށް ހަމަލާދޭނެ ކަމުގެ އިންޒާރު އަންނަ ކަމަށާއި، އިންޒާރު ދެމުން އަންނަނީ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް ކަމަށެވެ.

"ސިޔާސީ ކަންތަކުގައި މައްސަލަ ޖެހިގެން މިއުޅެނީ." އެމީހާ ބުންޏެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް މިމައްސަލާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް